އިސްލާމީ ތައުލީމު ފުޅާކުރުމަކީ ވައުދެއް: އުމަރު

ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފުޅާކޮށް ދެއްވާނެ ކަމަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައިވާ އުމަރު ނަސީރު ވިދާޅުއްޖެ އެވެ.
ރާއްޖޭގެ ތައުލީމީ ދާއިރާ އިން މި ފަހުން އެންމެ ބޮޑުވެފައިވާ އަރަބިއްޔާ ސްކޫލްގެ މައްސަލާގައި އެތަނުގެ ބެލެނިވެރިންތަކަކާ ބައްދަލުކުރައްވައި ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ އަރަބިއްޔާ ސްކޫލް ގެ ބެލެނިވެރިންނާ ބައްދަލުކޮށް އެ މީހުންގެ ކަންބޮޑުވުންތައް އަޑު އަހާލުމުގެ ފުރުސަތު ލިބުނީތީ އުފާކުރައްވާ ކަމަށެވެ.
"އަރަބި-އިސްލާމީ ތަޢުލީމް ރާއްޖޭގައި ފުޅާކޮށް، ވަސީލަތްތައް އިތުރުކޮށް، މި ޒަމާނުގެ އިމާރާތްތަކެއް ހޯދައި ދިނުމަކީ އަޅުގަޑުގެ ވަޢުދެއް،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދިރުވައި ދުޅަހެޔޮ، އަހުލާގު ރަނގަޅު ހެޔޮލަފާ އަދި ތައުލީމީ ޖީލެއް ބިނާކުރުމީ އެންމެ އިސްކަންދޭނެ ކަންތައް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ