މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ ބޭންކް އެކައުންޓް ދެގުނަ ކޮށްދިނުން: ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި އެމަނިކުފާނަށް ވޯޓު ދޭންވީ އެމަނިކުފާނުގެ ތަސައްވަރެއް އޮތީމައި ކަމަށާއި މެނިފެސްޓޯގެ މައިގަނޑު އަމާޒަކީ ބޭންކް އެކައުންޓްތައް ދެގުނަ ކޮށްދިނުން ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއެވެ.
"ޖީލެއްގެ ދިރުން" ނަމުގައި ޒުވާނުންނަށް ހާއްސަކޮށްގެން މިރޭ މާލޭގައި ރައީސް ނަޝީދު ކުރިއަށްގެންދިޔަ ސުވާލު ޖަވާބު ޝެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިފަހަރުގެ ޝިއާރަކީވެސް ބޭންކް އެކައުންޓް ދެގުނަ ކޮށްދިނުންކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިަށް ވޯޓް ދޭންވީ އިންތިހާދުގެ ކެންޑިޑޭޓެއް ނަގާނަމަ ކަމަށާއި މިއިންތިހާބުގައި އެމަނިކުފާ ސިޔާސަތެއްގެ ވާހަކަ ދައްކާ އަޑު ނުވެސް އިވޭކަމަށެވެ.
އިތުރަށް ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މިރާއްޖެ އަކީ މިޑްލް އިންކަމް ރާއްޖެއެއް ކަމަށާއި ގުދުރަތީ ވަސީލަތްތައް ގިނަކަމަށެވެ. އަދި ސްކިލްޑް ލޭބާ ފޯސްއެއް ރާއްޖޭގައި އޮތްކަން ފާހަގަ ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ  މިހާރު ސެކަންޑްރީ އެޑިއުކޭޝަން އެއީ ގާނޫނީ ގޮތުން ލާޒިމުކޮށްފައިވާތީ ތަންދޮރު އެނގޭ ޒުވާން އާބާދީ އެއް މިރާއްޖޭގައި އެބައޮތްކަމަށެވެ.
މީގެ އިތުރުން  ޝޯޝަލް ޕްރޮޓެކްޝަން ނިޒާމަކާއި ދޮށީ އުމުރުގެ މީހުންނާއި ޕެންޝަނުގެކަންކަން ކުރެވޭއިރު އާމްދަނީ އާއި ޖީބަށް ވަންނަ އެއްޗެއް އަދި ބޭންކް އެކައުންޓްގައި ހުރިއެއްޗެއް މިއަދަށްވުރެ ރަނގަޅު ކުރެވޭ ގޮތަކީ ކޮބައިތޯ ބަލަން ޖެހޭކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް ގިރިއެއް ބަލާނުލައި ކަންކަން ކުރުމެއް ނޫންކަމަށާއި ޒުވާނުންގެ ހާލަތު ސައިކޮލޮޖިކަލީ ބެއްލެވުންކަމަށެވެ. އެގޮތުން ހާލުގައި ޖެހިގެން އައިސް ކޮންމެވެސް ސިޔާސީ މީހަކަށް  ވޯޓް ވިއްކާލުމުގެ ކުރީގައި ނުވަތަ ކޮންމެވެސް މީހަކަށް ނޯކިރީވެ އަޅުދާސް ވުމުގެ ކުރީގައި މިކަން ފާހަގަކޮށް އެހެންގޮތެއް ހޯދައި ދެވޭނެ ގޮތްތަކެއް ތަންފީޒު ކުރަން ދައުލަތެއް އޮތްތޯ ބަލަންޖެހޭކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ