އިސްލާމީ މަރުކަޒުގެ ގޯތި ތެރެއަށް ބޮޑުކަމު ދިޔަ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހާއަށް ގާނޫނީ އިންޒާރުދޭ ފޯމު ދިވެހިން ބަހުން އޮތުމުގެ ސަބަބުން އޭނާ މިނިވަންވެއްޖެއެވެ.
ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައިމިވަނީ އޭނާއަށް ގާނޫނީ އިންޒާރުދިންކަން ފުލުހުންނަށް ސާބިތުކޮށް ނުދެވިގެންނެވެ. އޭނާ މިނިވަންވިއިރު ގާނޫނީ އިންޒާރުދޭ ފޯމު އޮންނަނީ ދިވެހި ބަހުންނެވެ.
އަދި ފޯމުގައިވާ ކަންކަން ތަރުޖަމާކުރުމަށް ފޯމުގައި އޮތް އިރު އެކަން ފުލުހުން ކޮށްފައިނުވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ކޯޓުން އެމީހާ ދޫކޮށްލީ އެއްވެސް ޝަރުތެއް ވެސް ނެތިއެވެ.
އިސްލާމީ މަރުކަޒުގެ ހަރިއްމަ ތެރެއަށް ބޮޑުކަމު ދިޔަ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުުކުރުމުން އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހީ އެއް ދުވަހުގެ މުއްދަތެކެވެ.
އެމީހާ އެއް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ، މައްސަލައާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރިއިރުވެސް، އޭނާގެ މާދަރީ ބަހުން ތަރުޖަމާކޮށްދޭނެ ފަރާތެއް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ފުލުހުންގެ ފަރާތުން އެ މައްސަލައިގައި ތަރުޖަމާނަކު ހަމަޖައްސަން މަސައްކަތް ކުރި ނަމަވެސް ތަރުޖަމާނަކު ހަމަޖެހިފައި ނުވާ ކަމަށް ބުނެފައި ވެއެވެ.
އެހެންވެ ތަރުޖަމާނަކު ނެތި ބަންދާއި މެދު ގޮތެއް ނިންމުމަކީ ތުހުމަތު ކުރެވޭ ފަރާތުގެ ކިބައިން ފާހަގަ ކުރަން ހުރިކަންކަން ފާހަގަ ކުރުމަށް ހުރަހެއް އޮތް ކަމަކަށް ވެދާނެތީ، މައްސަލައިގައި ބަންދާއި މެދު ގޮތެއް ނިންމަން ޖެހޭ ވަގުތު ޖެހިފައިވާތީ، ކުރު މުއްދަތެއް ދިނުމަށްފަހު، މާދަމާ އަލުން ތަރުޖަމާނަކާއެކު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރުމަށް އަންގާފައިވާކަމަށް ކޯޓު އަމުުރުގައި ވެއެވެ.
އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ މީހާ ކޯޓުން ދޫކޮށްލީ ގާނޫނީ އިންޒާރުދޭ ފޯމު ދިވެހިން ބަހުން އޮތުމުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ