ޕީކް ގަޑީގައި މުޅި މާލެއާއި ހުޅުމާލޭގެ ބަޔަކުން ކަރަންޓް ކެނޑިއްޖެ

ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން، މުޅި މާލެއިން އަދި ހުޅުމާލޭގެ ބަޔަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި ވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ. މި މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ވެސް ބުނެއެވެ.
ސްަޓެލްކޯއިން ބުނީ މާލެއިން ކަރަންޓުގެ ހިދުމަތް މެދު ކެނޑިފައިވަނީ، ގްރޭޓާމާލެ އިންޓަރކަނެކްޝަން ގްރިޑަށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށާއި މި ވަގުތު ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާއިރު، ގްރިޑް ރީކަނެކްޓް ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.
މާލެއާއި ހުޅުމާލެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހުޅުމާލޭ އިންޖީނުގޭގައި އަޕްގްރޭޑިން މަސައްކަތެއް ކުރަމުން ދަނިކޮށް، 2 އިންޖީނު ނިވިގެން ކަމަށާއި އެމައްސަލަ ހައްލުކޮށް، އިންޓަރކަނެކްޝަން ގްރިޑް އެނާޖައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށްވެސް ބުނެއެވެ.
މިހާރު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ