ބ. ދޮންފަނަށް ކަރަންޓު ދެމުން ދިޔަ އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް މުޅި ރަށަށް އެއްކޮށް ކަރަންޓު ދީފައިވާ ކަމަށް ފެނަކައިން ހާމަކޮށްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ، ދޮންފަނުން އެއްކޮށް ކަރަންޓު ކަނޑައިގެން ދިޔައީ، ޖެނެރޭޓަރުތަކަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށެވެ. މިމައްސަލަ ހައްލު ކުރުމަށް ސްޕެއަރ ޕާޓްސް އާއެކު ފެނަކަ ޓެކްނިކަލް ޓީމެއް ވަނީ ވަގުތުން މަސައްކަތް ފަށާފައެވެ. އަދި މިއަދު 17:15 އެހައިކަށް ހާއިރު މުޅި ރަަށަށް ކަރަންޓު ދީފައިވާ ކަމަށް ފެނަކައިން ބުނެއެވެ.
ބ. ދޮންފަނު އިންޖީނުގޭގެ އަޕްޑޭޓް:ދިމާވި މައްސަލައަށް ވަގުތީ ހައްލެއް ގެނެވި، 17:15 ގައި މުޅި ރަށަށް ވަނީ ކަރަންޓު ދެވިފައި.
— Fenaka Corporation Ltd (@TeamFenaka) December 23, 2023
ފެނަކައިން ދަނީ ދޮންފަނުން އިންޖީނުގެއަށް އިތުރު ޖެން ސެޓެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުން ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގެ ގިނަ ރަށްރަށަށް ފެނަކައިން ކަރަންޓު ޚިދުމަތް ފޯރުކޮށްދޭއިރު، ރަށްރަށުގެ އިންޖީނުގެތައް މެއިންޓެނެންސްކޮށް ބަލަހައްޓަން ޖެހޭ ވަރަށް މިހާތަނަށް ބެލެހެއްޓިފައި ނެތްކަން ފެނަކައިން ފާހަގަ ކުރެއެވެ. މީގެ ސަބަބުން ތަފާތު މައްސަލަތައް ކުރިމަތިވެ ޚިދުމަތް އެއްކޮށް މެދުކެނޑެއެވެ.
މައްސަލަ ހައްލުކޮށް ދޮންފަނަށް ކަރަންޓު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ