ރާއްޖެ އަށް އިޒްރާއީލާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް: މައުމޫން ހަމީދު

ފަލަސްތީން ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް ރާއްޖެ އަށް އިޒްރޭލާ ދެކޮޅަށް ދައުވާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެއެވެ.
ބާ ކައުންސިލްގެ ރައީސްކަމުގައިވެސް ހުންނަވާ މައުމޫން ހަމީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާުވެފައިވަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވާ ކަންކަމުގެ މައްޗަށް ރާއްޖޭގެ ގާނޫނުލް އުގޫބާތުގައި، ރާއްޖޭގެ އިހުތިސާސް ކަނޑައަޅާފައިވާ ކަމަށާއި އަދި ބައިނަލްއަގުވާމީ މުޖުތަމައު އިސް ނަގަންދެން މަޑުކޮށްގެން ތިބުމުގެ ބަދަލުގައި ފަލަސްތީނާ މެދު ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް އެހީވުމަށް ފިޔަވަޅު އެޅުމުގެ ފުރުސަތު ރާއްޖެއަށް އެބައޮތްކަަމަށެވެ.
މީގެ އިތުރުން ގާނޫނުލް އުގޫބާތުގެ 13 ވަނަ މާއްދާގައި ކުށްކުރީ ކޮންމެ ތަނެއްގައި ކަމަށް ވިޔަސް އަދި އެ ކުށްކުރި މީހުންގެ ދިރިއުޅުން ބިނާވެފައިވަނީ ކޮންމެ ގައުމެއްގައި ވިޔަސް ބައިނަލްއަގުވާމީ ގާނޫނާ ކަނޑައެޅިގެން ހިލާފަށް ކުރެވޭ ކޮންމެ ކުށެއްގައި ދައުވާ ކުރުމުގެ ބާރު ދިވެހި ދައުލަތަށް ލިބިގެންވާކަމަށް ހަމީދު ފާހަގަކުރެއްވިއެވެ.
އޮކްޓޯބަރު 7އެއްގައި ހަމާސްޖަމާއަތާ ދެކޮޅަށް އިޒްރާއީލުން ހަނގުރާމަ އިއުލާން ކުރި ފަހުން، މިހާތަނަށް ހަނގުރާމައިގައި އިޒްރާއީލުން ދިން ހަމަލާތަކުގައި 9.500 ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ