ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 8) - އެމެރިކާގެ ފުޓްބޯޅަ ފެޑެރޭޝަން، ޔޫއެސް ސޮކާ އިން އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި މައުރީސިއޯ ޕޮޗެޓީނޯގެ ކޮންޓްރެކްޓް އާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
ޕޮޗެޓީނޯ، 54، އާ އެކު އެމެރިކާ އިން ހަދާފައިވާ ކޮންޓްރެކްޓް އޮތީ މި މަހުގެ ނިޔަލަށެެވެ. މި ފަހަރުގެ ވޯލްޑް ކަަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދިޔައިރު، އެމެރިކާ އިން ޕޮޗެޓީނޯއާ އެކު، ހަދާފައި އޮތް އެއްބަސްވުން، 2030 ގެ ވޯލްޑް ކަޕްގެ ނިޔަލަށް އާ ކުރަން އުޅޭ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް އެ ވާހަކަތައް މިހާރު އޮތީ މަޑުޖެހިފަ އެވެ.
MU STORE
MGH Group of Companies
Enterprise Development Industrial Pvt Ltd
MGH Group of Companies
MGH Group of Companies
މި ފަަހަރުގެ ވޯލްޑް ކަޕްގެ މައި، ހޯސްޓްގެ ގޮތުގައި އޮތް އެމެރިކާ މުބާރާތުން ކެޓީ ގަދަ 16 ބުރުގައި ބެލްޖިއަަމް އަތުން ބަލިވުމުންނެވެ. އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، މުސްތަގުބަލާ ގުޅޭގޮތުން، ސުވާލުކުރުމުން، ޕޮޗެޓީނޯ ބުނެފައިވަނީ ކުރިއަށް އޮތް ހަފްތާގެ ތެރޭގައި، ކޮންޓްރެކްޓްގެ ވާހަކަތައް ފެށިގެންދާނެ ކަމަށެވެ.
ޔޫއެސް ސޮކާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕޮޗެޓީނޯއާ އެކު ވަރަށް "ޕޮޒިޓިވް" މަޝްވަރާތަކެއް ކުރިއަށްގެންދެވިފައިވާ ކަމަށެވެ. އަދި، އެ މަޝްވަރާތައް މިހާރު ކުރިއަށްދާ ވޯލްޑް ކަޕާއި އެ އަށް ފަހު ވެސް ކުރިއަށްގެންދާނެ ކަމަށެވެ. އަދި، ޕޮޗެޓީނޯ އާއި އޭނާގެ ސްޓާފުންނަށް ވަރަށް ބޮޑު އިތުބާރަކާއި އިހުތިރާމެއް އެބޮތް ކަމަށް ވެސް ޔޫއެސް ސޮކާ އިން ވަނީ ބުނެފަ އެވެ.
"އުންމީދަކީ ލަސްތަކެއް ނުވެ އެއްބަސްވުމަކާ ހަމައަށް އައުން،" ޕޮޗެޓީނޯ ބުންޏެވެ.
ކުރިން އެސްޕަންޔޯލް، ސައުތެމްޓަން، ޓޮޓެންހަމް، ޗެލްސީ އަދި ޕީއެސްޖީ އަށް ވެސް ކޯޗުކޮށްދިން ޕޮޗެޓީނޯ، 2024 ވަނަ އަަހަރުގެ ސެޕްޓެމްބަރު މަހު، އެމެރިކާގެ ފުޓްބޯޅަ ޓީމާ ހަވާލުވުމަށް ފަހު، ޖުމްލަ އެކު 31 މެޗުގައި އެ ޓީމަށް ވަނީ އިރުޝާދުދީފަ އެވެ. އޭގެ ތެރެއިން 18 މެޗުން މޮޅުވިއިރު، 12 މެޗު ނިމުނީ ބަލިވެގެންނެވެ. އެއްވަރުވީ އެންމެ މެޗަކުންނެވެ.
އެމެރިކާ އިން ޕޮޗެޓީނޯގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ