ކ. ތިލަފުށީގައި ތަރައްގީކުރާ ވިޔަފާރި ބަނދަރުގެ އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލްގެ މަސައްކަތް ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗުއީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެ މަސައްކަތުގެ އެއްބަސްވުމުގައި އެމްޕީއެލް އާއި ޗައިނާ ހާބާ އިންޖިނިއަރިންއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:
އެމްޕީއެލްގެ ފަރާތުން ސީއީއޯ ހުސެން ޝަފީގު
ޗައިނާ ހާބާ އިންޖިނިއަރިންގެ ފަރާތުން ކަންޓްރީ މެނޭޖަރު މާއޯ ބާއޯ
ތަފްސީލް - މި އެއްބަސްވުމުގެ ދަށުން:
ބައިނަލްއަގުވާމީ
މުދާ އުފުލާ ކޮންޓެއިނަރު ބޯޓުފަހަރަށް ހާއްސަ 14.6 މީޓަރު ފުން، 375 މީޓަރު
ދިގު ކީ-ވޯލެއް ހަދާނެ
ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކުގައި ބޭނުންކުރާ
މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަކޮށްގެން 5 މީޓަރުގެ ފުން، 820 މީޓަރުގެ ދިގު ޑޮމެސްޓިކް
ކީ-ވޯލެއް ހަދާނެ
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ، އެމްޕީއެލް އިން ބުނި ގޮތުގައި، ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ޒަމާންވީ އެތައް މައްސަލައަކަށް ހައްލު ހޯދައިދީ، ރާއްޖޭގެ ކަނޑުދަތުރުފަތުރާއި
ލޮޖިސްޓިކްސްގެ ދާއިރާއަށް އަންނަ ކުރިއެރުމާއި އެއްވަރަށް ބަނދަރުގެ ވަސީލަތްތައް
ފުޅާކޮށް ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމެވެ.
މި އެއްބަސްވުމުގެ ދަށުން ތިލަފުށީ
ބަނދަރުގެ އިންފްރާސްޓްރަކްޗާ އިތުރަށް ހަރުދަނާކޮށް، މުދާ އުފުލުމާއި ބޭލުމުގެ ނިޒާމު
މިހާރަށް ވުރެ ހަލުވި އަދި ފަސޭހަ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުންޏެވެ.
މި އެއްބަސްވުމަކީ ޒަމާނުއްސުރެ މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ
ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި 11 ނޮވެމްބަރު 2027ގެ
ނިޔަލަށް މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ތެރެއިން
ކުރެވޭ މުހިއްމު މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މި
މަޝްރޫއުގެ ބައެއް މަސައްކަތްތައް މިދިޔަ މަހުގެ 1 ވަނަ ދުވަހު އެމްޓީސީސީއާ ވެސް ވަނީ ހަވާލުކޮށްފަ އެވެ. އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 100 މީޓަރުގެ ޑޮމެސްޓިކް ކީ-ވޯލްއަކާއި 3 ހެކްޓަރުގެ ސަރަހައްދެއް
ޕޭވްކުރުމަށެވެ.
މަޝްރޫއު އެއްކޮށް ނިމޭއިރު، ތިލަފުށީ ބަނދަރުގައި 1،000
މީޓަރަށް ވުރެ ދިގު ބައިނަލްއަގުވާމީ ކީ-ވޯލްގެ އިތުރުން، މާލޭގެ ނޯތު ހާބަރާއި
ސައުތު ވެސްޓް ހާބަރު ބޭނުންކުރާ އުޅަނދުފަހަރަށް ހާއްސަކޮށްގެން 2،000 މީޓަރަށް
ވުރެން ދިގު ކީ-ވޯލް ހިމެނޭ ގޮތަށް ޑޮމެސްޓިކް ޓާމިނަލެއް ތަރައްގީކުރާނެ އެވެ.
މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ހިންގުމުގެ އެންމެ ބޮޑު ގޮންޖެހުމަކީ
ޖާގައިގެ ދަތިކަން ކަމަށް އެމްޕީއެލް އިން ބުންޏެވެ. އެ ކުންފުނިން ބުނީ ތިލަފުށީގައި ތަރައްގީކުރާ ބަނދަރަކީ މާލޭ ވިޔަފާރި
ބަނދަރުގެ ބިމުގެ ޖާގައަށް ވުރެ، 10 ގުނަ ބޮޑު ސަރަހައްދެއް ކަމަށާއި ތިލަފުއްޓަށް ބަނދަރު ބަދަލުކުރެވުމުން ބަނދަރުގެ ޖާގައިގެ މައްސަލައަށް ދާއިމީ
ހައްލެއް ލިބިގެންދާނެ ކަމަށެވެ.
އެމްޕީއެލް އިން ބުނީ:
މާލޭ ބަނދަރަށް އަންނަ ކޮންޓެއިނަރު އުފުލާ ބައެއް އުޅަނދުތަކަކީ މަގަތު
ފާލަމަށް ކައިރި ކުރެވޭޭ ވަރަށް ވުރެ ބޮޑެތި އުޅަނދުތައް
މިފަދަ އުޅަނދުތަކުން
މުދާ ބޭލުމާއި ބަރުކުރުމުގެ އޮޕަރޭޝަންތައް ކުރިއަށްގެންދަނީ އައުޓަ އެންކަރޭޖްގައި ބާއްވައިގެން
މިއީ ވަރަށް ގިނަ ވަގުތު ހޭދަވާ އުނދަގޫ އަދި ހަރަދު ބޮޑު އޮޕަރޭޝަނެއް
ތިލަފުށީގައި ތަރައްގީކުރާ ބަނދަރުގައި މާލޭ
ވިޔަފާރި ބަނދަރުގެ ކީ-ވޯލްއަށް ވުރެ 3 ގުނަ ދިގު އިންޓަނޭޝަނަލް ކީ-ވޯލެއް
އޮކްޓޯބަރު 2027ގެ ނިޔަލަށް ތަރައްގީކުރާނެ
އެއާ އެކު، މިހާރު މާލޭ
ބަނދަރުގައި ކުރިއަށް ގެންދާ ކޮންޓެއިނަރު ބޯޓުފަހަރުގެ އައުޓާ އެންކަަރޭޖް
އޮޕަރޭޝަންތައް ހުއްޓާލެވޭނެ
މިހާރު މާލޭ ވިޔަފާރި ބަނދަރަށް އަންނަ ކާގޯ ބޯޓުފަހަރަށް މުދާ އެރުވުމާއި
ބޭލުމަށް ގާތްގަނޑަކަށް 7 ދުވަހުގެ މުއްދަތެއް ބަނދަރުގައި ހޭދަކުރި ނަމަވެސް،
އާ ބަނދަރުގެ ހިދުމަތް ފެށުމުން މި ވަގުތު ގާތްގަނޑަކަށް 2 ދުވަހަށް ކުޑަކުރެވޭނެ ކަމަށް އެމްޕީއެލް އިން ބުންޏެވެ. މިއީ މުދާ އެތެރެކުރާ ފަރާތްތަކާއި ޝިޕިން ލައިންތަކަށް
ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
ފާހަގަ ކުރެވޭ - މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި ތަރައްގީ ކުރުމަށް ރާވާފައިވާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ޗައިނާ ހާބަ އިންޖިނިއަރިން ކޮމްޕެނީއާ މިދިޔަ ފެބްރުއަރީގައި ވަނީ ހަވާލުކޮށްފަ އެވެ.
އެ އެއްބަސްވުމަކީ ބަނދަރުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިނިން އާއި ސާވޭގެ މަސައްކަތްތައް ކުރުމަށް ސޮއިކުރި އެއްބަސްވުމެކެވެ.
އަންނަ އަހަރުގެ 11 ނޮވެމްބަރުން ފެށިގެން މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރައްވާނެކަން ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ ބަޔާނުގައި ވިދާޅުވެފަ އެވެ.
ތިލަފުށީ ބަނދަރުގެ ކީ-ވޯލް މަސައްކަތް ޗައިނާގެ ސީއެޗުއީސީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ