ޕޯސްޓު އޮފީހުގެ އާމްދަނީ ދަށްވެ، 36 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިއްޖެ

މޯލްޑިވްސް ޕޯސްޓުގެ މައި ވިޔަފާރި ކަމުގައިވާ ޕޯސްޓު ހިދުމަތުން ލިބޭ އާމްދަނީ މިދިޔަ އަހަރު ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން އެ ކުންފުންޏަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ޕޯސްޓު ކުންފުނީގެ 2025 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައިވާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 30.9 މިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރު ލިބުނު 78.1 މިލިއަން ރުފިޔާއަށް ވުރެ 60 ޕަސެންޓު މަދު އަދަދެކެވެ.  
MU STORE
Enterprise Development Industrial Pvt Ltd
Yes Maldives Pvt Ltd
MU STORE
އާމްދަނީ މި ވަރަށް ދަށްވީ ނަމަވެސް ޕޯސްޓު ކުންފުނީގެ ވިޔަފާރި ކުރުމުގެ އަގު ހަރަދު ވަނީ 33.8 މިލިއަން ރުފިޔާއިން 53.8 މިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އާމްދަނީއަށް ކުރި އަސަރާއެކީ ހިންގުމުގައި ވެސް އެ ކުންފުންޏަށް ވަނީ 62.2 މިލިއަން ރުފިޔާ ގެއްލުންވެފަ އެވެ. 
ޕޯސްޓު ކުންފުނީގެ އާމްދަނީއަށް އައި ބަދަލަށް ބަލާއިރު، މީގެ ކުރީ އަހަރުތަކުގައި އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނިއެއް ލިބޭ ޓާމިނަލް ޑިއުސް އާއި އީއެމްއެސް އަދި ޕާރުސަލް ޕޯސްޓު އިންކަމް ވަނީ 67.2 މިލިއަން ރުފިޔާއިން 7.4 މިލިއަން ރުފިޔާއަށް ވެއްޓިފަ އެވެ. ނަމަވެސް އީ-ކޮމާސްއިން ލިބުނު އާމްދަނީ ވަނީ 3.8 މިލިއަން ރުފިޔާއިން 17 މިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
ޕޯސްޓުގެ ހިންގުމުގައި ލިބުނު ގެއްލުން ކުޑަކުރެވުނު އެއް ސަބަބަކީ އިންވެސްޓުމަންޓުތަކުން ލިބުނު އާމްދަނީ 16.2 މިލިއަން ރުފިޔާއަށް އިތުރުވުމެވެ.
މިހެން ނަމަވެސް ޕޯސްޓު ކުންފުންޏަށް އަހަރު ނިންމާލަން ޖެހުނީ 36.1 މިލިއަން ރުފިޔާގެ ގެއްލުމަކާ އެވެ. ހިއްސާގެ އަދަދުން ހިސާބުކުރާއިރު އެ ކުންފުނީގެ ކޮންމެ ހިއްސާއަކުން ވަނީ 143.81ރ. ގެއްލުންވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ