ރުއްތަކުން ހުދު ކޫޑި ކޮންޓްރޯލް ކުރަން ތައްޔާރުކުރި ބޭސް ބޭނުންކުރަން ފަށައިފި

މި މަސައްކަތް ކުރިއަށްދަނީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުންނެވެ. މި ޕްރޮޖެކްޓްގެ ދަށުން ގެނެސްފައިވާ 'ޔޭޖިއާޗިންގ ޕެސްޓިސައިޑު' ބޭނުންކޮށްގެން ހުދުކޫޑި ކޮންޓްރޯލުކުރުމުގެ ތަޖުރިބާތަކެއް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ ކޮށްފައެވެ. އެ ތަޖުރިބާތަކުން ވަރަށް އީޖާބީ ނަތީޖާއެއް ލިބިފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ބުނެފައިވެއެވެ.
މި ލެބޯޓަރީގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތަކަށް ހައްލު ލިބި، ގައުމީ ބަޔޯސެކިއުރިޓީ ވަރުގަދަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ. ރުއްތަކަށް ޖެހޭ ބަލިތަކާއި ރުކު މަޑި ކޮންޓްރޯލްކުރުމަށްޓަކައި ކަޓާސް އާއެކު އެގްރިކަލްޗަރ މިނިސްޓްރީން ވަނީ ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ