ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ ބޯޑަށް މިއަދު ބަދަލު ގެނެސްފި އެވެ.
ތަފްސީލު - ޕީސީބީން މިއަދު ގެނައި އެއް ބަދަލަކީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަގާމުން އަހްމަދު ނިޔާޒު، ހަސަންކާރިގެ/ސ. ހުޅުދޫ ވަކިކުރުމެވެ.
ނަމަވެސް އެ މަގާމަށް އާ ބޭފުޅަކު އައްޔަންކޮށްފައެއް ނުވެ އެވެ.
އޭގެ އިތުރުން، ޕީސީބީން ވަނީ ހަތަރު ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑަށް އާ މެމްބަރުން އައްޔަންކޮށްފަ އެވެ. އެއީ:
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ބޯޑު މެމްބަރަކަށް އަބްދުﷲ ޔާމީން، މއ. ޝާހީން
އައިލެންޑް އޭވިއޭޝަންގެ ބޯޑަށް މައީޝާ އިބްރާހިމް، ތިކުރީތު/ދ. ކުޑަހުވަދޫ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ)ގެ ބޯޑު މެމްބަރަކަށް ޝާހިދު މޫސާ، ފެހިވިނަ/ދ. ބަނޑިދޫ
ހައްޖު ކޯޕަރޭޝަންގެ ބޯޑަށް އަހްމަދު މާޒިން، ގ. ބާނީ؛ އޭނާއަކީ ފިނޭންސްގެ ސްޓޭޓް މިނިސްޓަރެއް
އެ ހަތަރު ކުންފުނީގެ އިތުރުން އިއްޔެ ޕީސީބީން ވަނީ ބީސީސީ، މިފްކޯ އަދި އެމްއެފްއެމްސީގެ ޑިރެކްޓަރުންގެ ބޯޑަށް ވެސް އާ ބޭފުޅުން އައްޔަންކޮށްފަ އެވެ.
އެމްޓީޑީސީން ނިޔާޒު ވަކިކޮށް ބައެއް ކުންފުނިތަކުގެ ބޯޑަށް ބަދަލުތަކެއް ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ