ޖީއެމްއާރާއި ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް ގާސިމް އިބްރާހިމް ރައްދު ދެއްވާ ދެއްކެވި ވާހަކަތަކީ މާސިންގާ ބޮޑު ދޮގެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެއެވެ.
އިބްރާހިމް މުއާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުން ނޫޏް ގޮތެއް ނެތް ކަމަށް ވިދާޅުވެ ރައީސް ޔާމީން ނިކުމެވަޑައިގަތުމުން ރައީސް ޔާމީނަށް ތާއީދު ކުރެއްވި ހަމައެކަނި ސިޔާސީ ލީޑަރަކީ ޑރ. ހަސަން ސައީދު ކަމަށެވެ.
"މި ކަމަށް ގާސިމް އިބްރާހިމް ތެދުވެރިވެވަޑައިގަންނަވާ" ގާސިމް އިބްރާހިމް ޓެގް ކުރައްވާ ތަރުޖަމާނު އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
"ގާސިމް އިބްރާހިމް ތިޔަ ހެއްދެވީ މާސިންގާ ބޮޑު ދޮގެއް! ރައްޔިތުންނަށް ނެދުވެރިވެވަޑައިގަންނަވާ! ޖީއެމްއާރު އާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުން ރައީސް ޔާމީން ނުކުމެވަޑައިގަތީ، ޖީއެމްއާރު އަތުން އެއާޕޯޓް އަތުލާށޭ ވިދާޅުވެ. އެ ނޫން އެއްވެސް ގޮތެއް ބަލައިނުގަންނަވާނެ ކަމަށް ވިދާޅުވެ." އިބްރާހިމް މުއާޒްގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން ހުޅުލެ އެއާޕޯޓް ނެގުމަށް ބޮޑު އަދަދެއް ދައްކަން ޖެހޭނަމަ އެކަން ކުރަން ނުފެންނަ ކަމަށް ގާސިމް އިބްރާހިމް ވިދާޅުވި ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަ ގާސިމް އިބްރާހިމް ވަނީ ދޮގު ކުރައްވާފައެވެ.
ބްރިޖް ސަޅި ނަމުގައި ރޭ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ ޖީއެމްއާރު އަތުން އެއާޕޯޓު އަތުލުމާއި ގުޅުންހުރި ވާހަކަފުޅުތަކެއް ދައްކަވާފައެވެ.
"ޖީއެމްއާރު އަތުން އެއާޕޯޓް އަތުލަން ބޮޑު އަގެއް ދައްކަން ޖެހޭ ނަމަ ގާސިމް އަށް އަތުލަން ނުފެންނަ ކަމަށް ރައީސް ޔާމީން އެ ވިދާޅުވީ ހެދި ބޮޑު ދޮގެއް" ގާސިމް އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް ނެގީ ޕީޕީއެމްގެ ފިކުރުގައި ތިއްބެވި ބޭފުޅުން ކަމަށާއި އެކަމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި ޑީއާރުޕީ އަދި އެމްޑީޕީން ތާއީދު ނުކުރާ ކަމަށް ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވިއެވެ.
"ރައީސް އޮފީހުގައި އޮތް ޖަލްސާ ނުފެށެނީސް ޔާމީން ނިކުމެގެން ދިޔައީ. އަދާލަތު ޕާޓީ އިމްރާން ކުޑަ ލަހެއްވީމަ ގާސިމް އާއި އިމްރާން އާއި ރައީސް ވަހީދު އާއި ތަސްމީން ތިބެގެން ނަގަން ނިންމީ،" ރައީސް ޔާމީނުގެ ވާހަކަފުޅަށް ރައްދު ދެއްވާ ގާސިމް ޓްވީޓްގައި ވިދާޅުވިއެވެ.
ރައީސް ޔާމީނާއި ގުޅޭ ގޮތުން ގާސިމް ހެއްދެވީ މާސިންގާ ބޮޑު ދޮގެއް: މުއާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ