ރަމަޝާން މަހު މީރާއިން ހިދުމަތް ފޯރުކޮށްދޭ ގަޑި އާންމުކޮށްފި

މި އަހަރުގެ ރަމަޟާން މަހު މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިއަކީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 9:00 އިން މެންދުރުފަހު 12:00 އަށް ކަމަށް މީރާއިން ބުނެފިއެވެ.
މީރާއިން ބުނީ ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަސް ވެސް މިރާއިން ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވަނީ މިގޮތަށް ކަމަށެވެ.
މި ދުވަސްތަކުގައި މީރާގެ ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ހިދުމަތް ހޯދާ ފަރާތްތަކަށް މީރާގެ ސަރވިސް ސެންޓަރުން ނަންބަރު ނެގުމުގެ އިތުރުން، މިހާރެކޭވެސް އެއްފަދައިން، މީރާގެ މޯބައިލް އެޕްލިކޭޝަން އަދި ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ނަންބަރު ނެގޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީރާއަށް ބަލައިގަންނަ ހުރިހައި ޓެކްސްތަކާއި ގިނަ ފީތަކަކީ އޮންލައިންކޮށް ވެސް ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ފައިސާއެއްކަމުގައި ވާތީ، މީރާއިން ހިދުމަތް ހޯދުމުގައި މި އޮންލައިން ޚިދުމަތްތައް ހިޔާރުކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިރާއިން ބުނީ އެ ހިދުމަތްތަކަކީ ފަސޭހަކަމާއެކު ކޮންމެ ވަގުތެއްގައި ވެސް އެ ސިސްޓަމްތައް ބޭނުންކޮށްގެން ފައިސާ ދެއްކޭނެ ހިދުމަތްތަކެއް ކަމުގައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ