ޖަމާއާތުގައި ނަމާދުކުރާ އިރު މިވަގުތު ގައިދުރުކަން ބެހެއްޓުން މުހިންމު: މައުމޫން

މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރާ އިރު، ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސިއްހީ މާހިރުން ކަނޑައަޅާފައިވާ ގޮތަށް ގައިދުރުކަން ބެހެއްޓުން މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީ ޓެގް ކުރައްވައި ކުރެއްވި ޓްވިޓެއްގައި މައުމޫން ވިދާޅުވީ އަމިއްލަ ފުރާނަ ރައްކާތެރިކުރަން އިސްލާމްދީން ލާޒިމްކުރާ ކަމަށެވެ. އެހެންވެ ކޮވިޑް-19 އިން ރައްކާތެރިވާން ކަނޑައަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް އަމަލުކުރަން ލާޒިމްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިސްކިތުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރަން އެ މަނިކުފާނު ގޮވާލެއްވި އެވެ.
"ތިމާގެ ފުރާނަ އާއި ނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާ މުސްލިމުންގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވާތީ، ކޮވިޑް ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ކަމަށް ސިއްހީ މާހިރުން ލަފާދޭ ކަންތައްތައް ކުރުން ލާޒިމް،" މައުމޫން ވިދާޅުވި އެވެ.
ތިމާގެފުރާނައާއިނަފްސު ރައްކާތެރިކުރުމަކީ އިސްލާމްދީން އެންމެހާމުސްލިމުންގެމައްޗަށް ލާޒިމްކުރާކަމަކަށްވާތީ ކޯވިޑްބަލިން ރައްކާތެރިވުމަށްއަޅަންޖެހޭކަމަށްޞިއްޙީމާހިރުންލަފާދޭކަންތައްތައްކުރުން ލާޒިމް. ވީމާ މިވަގުތު ޖަމާޢަތުގައިނަމާދުކުރާއިރު ގައިދުރުކުންމުހިންމު @MVIaffairs— Maumoon Abdul Gayoom (@maumoonagayoom) February 23, 2021
މިސްކިތުގައި ޖަމާއަތް ހަދާއިރު ގައިދުރުކަން ބަހައްޓަންޖެހޭނެ ކަމަށް ވިދާޅުވެ މައުމޫން ކުރެއްވި ޓްވީޓް
ކޮވިޑް-19 އިން ރައްކާތެރިވާން އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ މާސްކު އެޅުމުގެ އިތުރުން ގައިދުރުކަން ބެހެއްޓުން އަދި ސާފުތާހިރުކަމެވެ.
މިއީ ވައިގެ ޒަރިއްޔާއިން ދައުރުވެ، އެކަކު އަނެކަކަށް ފަސޭހައިން ޖެހޭ ބައްޔެކެވެ. އަދި މިހާރު އުފެދިފައިވާ އާ ވޭރިއެންޓްތައް ކުރިއަށް ވުރެ ފަސޭހައިން ފެތުރެ އެވެ.
އެހެންވެ، މި ވަގުތު އެންމެ ރަނގަޅީ ގައިދުރުކަން ބަހައްޓައިގެން މިސްކިތުގައި ނަމާދުރުން ކަމަށް ދީނީ އިލްމުވެރިއެއް ކަމަށްވާ މައުމޫން ވިދާޅުވި އެވެ.
Usoolu thakaa eggothah amalukuran Imaamunnah angaifi
The most trusted news source in the Maldives
Mihaaru
ކޮވިޑް އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގައި، މިސްކިތަށް ދާއިރު މާސްކް އެޅުމާއި ކޮންމެ މީހަކު ވެސް އަމިއްލަ މުސައްލައެއް ބޭނުންކުރުމާއި ގައިދުރުކަން ބެހެއްޓުން ހިމެނެ އެވެ. ނަމަވެސް މި ކަންކަމަށް ބައެއް މީހުން އަމަލެއް ނުކުރެ އެވެ. މިސްކިތްތަށް ދާއިރު މި ކަންކަމަށް ބޮޑަށް ފަރުވާތެރިވާން ޖެހެނީ ކޮވިޑަކީ ގިނައިން މީހުން އެއްވާ ބަންދު ތަންތަނުގައި ވަރަށް ފަސޭހައި ފެތުރޭ ބައްޔަކަށް ވާތީ އެވެ. މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ ބަންދު ތަންތަނުގައި ބާއްވާފައިވާ އެކި އެއްވުންތަކުގެ ތެރެއިން ކަމަށް އެކި ހޯދުންތަކުން ދައްކާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ