މޫސުން ގޯސްވާނެތީވެ ހއ.އިން އދ.އަތޮޅާ ހަމައަށް ޔެލޯއެލާޓް!

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ހއ.އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން މި ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދުގެ 15:00 އާހަމައަށެވެ،.
މި ވަގުތުތަކުގައި މި ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުމުގެ އިތުރުން، 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި 55 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ. މީގެ އިތުރުން މި ސަރަހައްދުގެ ރަށްތަކަށް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާ ކުރެވޭކަމަށްވެސް މެޓުން ބުނެއެވެ.
މެޓް އޮފީހުން މޫސުމާ ގުޅޭ އެލާޓް ނެރެނީ ފަސް ލެވެލް އަކަށެވެ. އެއީ ވައިޓް އެލާޓް، ޔެލޯ އެލާޓް، އޮރެންޖު އެލާޓް، ރެޑް އެލާޓް އަދި ގްރީން އެލާޓް އެވެ.
މީގެ ތެރެއިން ޔެލޯ އެލާޓް އަކީ އެލާޓް ލެވެލް ދޭކެވެ. މިއެލާޓް ނެރެނީ މޫސުން ގޯސްވުމުގެ ސަބަބުން ގެއްލުމެއް ވެދާނެކަމަށް ތައްޔާރުވުމަށް ލަފާދީފައެވެ. ޔެލޯ އެލާޓް ނެރެފައިވަނިކޮށް ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ