ޓުއަރިޒަމް ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 33000 މީހުންނަށް ވެކްސިން ދީފި

ރާއްޖޭގެ ޓުއަރިޒަމް ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ 33000 މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.
ޓުއަރިޒަމް މިނިސްޓްރީން ބުނީ މިހާތަނަށް ތެއްތިރީސް ހާސް ހަސަތޭކަ ތިރީސް އަށް މީހުންނަށް ވެކްސިން ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިން ދިން ބައްތިރީސްހާސް އަށްސަތޭކަ އަށްޑިހަ ހަ މީހުންނާއި، ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެކްސިން ދިން ތިންސަތޭކަ ހަ މީހުންނާއި، އެކި ބޭނުންތަކުގައި ރާއްޖެއިން ބޭރަށް ދިއުމަށް ވެކްސިން ދިން ދުއިސައްތަ ވިހި މީހުންނާއި، ހޮޓަލްތަކުގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން ވެކްސިން ދިން ހަތްދިހަ މީހުންނާއި، ޕާފޯމިން އާރޓްސްއިން ވެކްސިން ސިން ފަސްދޮޅަސް ހަތަރު މީހުންނާއި، ޓްރެވަލް އެޖެންސީތަކުގައި މަސައްކުރާ މީހުންގެ ތެރެއިން ވެކްސިން ދިން ސައުވީސް މީޙުންގެ އިތުރުން ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެކްސިން ދިން ފަސްދޮޅަސް ހަތް މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ވެކްސިން ދިން މީޙުންގެ ޖުމުލަ އަދަދަކީ ދެލައްކަ ހަތްދިހަ ތިންހާސް ހަސަތޭކަ ފަސްދޮޅަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ