ފާއިތުވެދިޔަ އަހަރުތަކުގެ ރަމަޟާން މަހުގައި ޖަމްޢިއްޔަތުއްޞަލަފުން އިންތިޒާމްކޮށްގެން މާލޭގެ ފުރުޤާން މިސްކިތުގައި ބާއްވާ ޚާއްސަ ސިލްސިލާ ދަރުސްތައް ބޭއްވުމަށް، ނުރަސްމީ ސިފައެއްގައިވެސް މިއަހަރުގެ ރަމަޟާން މަހުގެ ކުރިން ހުއްދަ ލިބިފައިފައިނުވާކަމަށް އެ ޖަމްއިއްޔާއިން ބުނެފިއެވެ.
ސަލަފް ޖަމްއިއްޔާގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުހައްމަދު އިބްރާހީމް ވިދާޅުވީ ރަމަޟާންމަސް ފެށުމުގެ ކުރީން ރަސްމީކޮށްވިޔަސް އަދި ނުރަސްމީ ގޮތަކުންވިޔަސް އިސްލާމިކް މިނިސްޓްރީއިން ދަރުސްތައް ބޭއްވުމަށް އެ ޖަމްއިއްޔާއަށް ހުއްދައެއް ދީފައިނުވާކަމަށެވެ.
"އަޅުގަނޑުމެންތެރޭ އެއްވެސް ފަރާތަކަށް އެނގިފައެއްވެސް ނެތް!!"، ޝައިޚް އަބްދުﷲ ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވޮއިސް" އަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ދީނީ ދަރުސް ބޭއްވުމަށް ހުއްދައަށް އެދި އެމިނިސްޓްރީއަށް ސިޓީ ހުށަހަޅާފައިވާ ކަމަށާއި، އަދި ހުއްދަ ދޭންވެސް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެހުއްދަ ދިނުން ލަސްވެފައިވަނީ އިދާރީގޮތުން ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ދަރުސް ބޭއްވުމަށް ނުރަސްމީގޮތަކުންވެސް ސަލަފް ޖަމްއިއްޔާއަށް ހުއްދައެއް ނުދޭކަމަށް ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ