ކްރިމިނަލް ކޯޓްގެ އިސް ގާޒީ ޝަކީލްގެ ސުލޫކީ މައްސަލައެއް ބަލަނީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.ޖޭއެސްސީން މިއަދު ވިދާޅުވީ، މީހެއްގެ ބަންދާއި މެދު ގޮތް ނިންމުމުގައި ކަނޑައެޅިގެން ގާނޫނާ ހިލާފަށް ގާޒީ ޝަކީލް އަމަލު ކުރި ކަމަށް ބުނާ މައްސަލައެއް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ކޮމެޓީއެއްވެސް އެކުލަވާލާފައިވާ ކަަމަށް ޖޭއެސްސީން ވިދާޅުވިއެވެ.ގާޒީ ޝަކީލް ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް ހަމަޖައްސަވާފައި ވަނީ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ