ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމަކީ ހިންގާ ޖަރީމާއެއް: ރައީސް މައުމޫނު

ސިޔާސީ ބޭނުމުގައި ސިޔާސީ ކަންކަން ހާސިލ ކުރުމަށް ޝަރުއީ ނިޒާމުގެ ފެރެއަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުމަކީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގޭ ޖަރީމާއެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވިޓެއްގައެވެ.The manipulation of the justice system for achieving political ends is a crime against democracy. It must stop! #FreeFarisNow!— Maumoon Abdul Gayoom (@maumoonagayoom) July 19, 2017ރައީސް މައުމޫނު ވިދާޅުވީ ސިޔާސީ ބޭނުމުގައި ސިޔާސީ ކަންކަން ހާސިލ ކުރުމަށް ޝަރުއީ ނިޒާމުގެ ފެރެއަށް ނުފޫޒު ފޯރުވައިގެން ކަންކަން ކުރުމަކީ ޑިމޮކްރަސީއާ ދެކޮޅަށް ހިންގޭ ޖަރީމާއެއްކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމުގައެވެ.
ރައީސް މައުމޫނު މިހެން ވިދާޅުވިއިރު އެމަނިކުފާނު ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫނު ފުލުހުން އިއްޔެވަނީ ހައްޔަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ