ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ މިޔަންމާގެ ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑަށް ހަދިޔާ ކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ "ރޮހިންޔާގެ މުސްލިމުންނާއެކު ދިވެހިން" މި ޙަރަކާތަށް ޝަރުޢީ ދާއިރާއިން ވަނީ، 325,615.67 (ތިންލައްކަ ފަންސަވީސްހާސް ހަސަތޭކަ ފަނަރަ ރުފިޔާ ފަސްދޮޅަސްހަތް ލާރި) ހަދިޔާކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި ފައިސާއާ ޙަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އަޙްމަދު ޒިޔާދު އެވެ.
ސަރުކާރުގެ ކުންފުނި ތަކުންވެސް ގެންދަނީ ރޮހިންޖާ ފަންޑަށް ބޮޑެތި އަދަދުތަކުން ފައިސާ ހަދިޔާ ކުރަމުންނެވެ. އެގޮތުން އެމްޑަބްލިއުއެސްސީން އެއް މިލިއަން ރުފިޔާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް، އެޗްޑީސީން 1.03 މިލިއަން ރުފިޔާ މޯލްޑިވްސް ޕޯޓްސްލިމިޑެޓް، އެމްޕީއެލްއިން 1.3 މިލިއަން ރުފިޔާ މި ފަންޑަށްވަނީ ހަދިޔާ ކޮށްފައެވެ.
ރޮހިންޖާ މުސްލިމުންނަށް އެހީތެރިވުމަށް، އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން، މީޑިއާތަކާ ގުޅިގެން ކުރިއަށް ގެންދާ ދެ ދުވަހުގެ ޓެލެތޯނަށް މިހާތަނަށް 11 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ރޮހިންޖާ މުސްލިމުންނާ އެކު ދިވެހިން ތިބިކަން ހާމާ ކުރުމަށް ސަރުކާރުން ވަނީ މިޔަންމާއާ އެކު އޮތް ވިޔަފަރީގެ ގުޅުން ކަނޑާލައިފަ އެވެ. އަދި ރާއްޖޭގެ އެކި ރަށްތަކުގައި އެ ގައުމުގެ މުސްލިމުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހިނގާލުންތައް ބާއްވާފައިވެ އެވެ.
ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އެއްދުވަހުގެ މުސާރަ ރޮހިންޖާ މުސްލިމުންނަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ