ހިތުގެ ބައްޔަކަށް ސިންގަޕޫރުގައި މިހާރު ފަރުވާ ހޯއްދަވަމުން ގެންދަވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ބޭސް ފަރުވާގެ މުއްދަތު އިތުރުކޮށްދެވެން ނެތުމުން ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަނަލް ސާވިސް އިން އަންގައިފި އެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ މުއްދަތު ދެ ފަހަރުގެ މަތިން އިތުރުކޮށްފައިވާ ކަމަށާއި ދެން މުއްދަތު އިތުރު ނުކުރަން އެ ސާވިސް އިން ނިންމާފައިވާ ކަމަށެވެ. އަދި ފަހުން އިތުރުކޮށްދިން 10 ދުވަހުގެ މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިގަންނަވަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.
ގާސިމް ރާއްޖެ ވަޑައިގަތުމަށް އަންގާފައިވާ އިރު ގާސިމްގެ އާއިލާއިން ބުނަނީ ވަރަށް ކާމިޔާބު ކަމާއެކު އޭނާގެ ހިތުގެ އޮޕަރޭޝަަނެއް މި މަހުގެ ތެރޭގައި ނިންމާލާފައިވާ ކަމަށެވެ. ނަމަވެސް ފަރުވާއަށް އެ އިތުރު ތިން މަސް ސިންގަޕޫރުގައި މަޑު ކުރަން ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ރިޝްވަތުގެ މައްސަލާގައި ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިވަޑައިގަންނަވާ ގާސިމްގެ ހާލުކޮޅު ގޯސްވެ، ސިންގަޕޫރުގައި ފަރުވާ ހޯއްދަވަން ކަރެކްޝަންސް އިން އެންމެ ފުރަތަމަ ދިން 10 ދުވަހުގެ މުއްދަތު ހަމަވީ މި މަހު 16 ވަނަ ދުވަހަށެވެ. އޭގެ ފަހުން އަނެއްކާ ވެސް ވަނީ 10 ދުވަސް ދީފަ އެވެ.
ގާސިމް ރާއްޖެ ވަޑައިގަތުމަށް ކަރެކްޝަންސްއިން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ