އިންޑިއާގެ ހިންދޫންގެ ދަށްފަންތީގެ ސްކޫލް ކުދިން ކެއުމަށް ތަށިވެސް ނުދޭ

އިންޑިއާގެ ހިންދޫންގެ އެކި ގިންތީންގެ މީހުންގެ މެދުގައި ތަފާތު ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މަތީފަންތީންގެ ހިންދޫން ދަށްފަންތީގެ މީހުންނާމެދު ދެކެނީ އިންސާނުންގެ ދަރަޖައަށް ވުރެވެސް ދަށު ބައެއްގެ ގޮތުގައެވެ. ދަށު ފަންތީންގެ ހިންދޫން ނުވަތަ އާންމުކޮށް ކިޔާނަމަ ދަލިތު މީހުން މަތީފަންތީގެ ހިންދޫން ހިނގާ މަގަކުން ހިނގުމަކީ ވެސް އިންޑިއާގެ ބައެއް ހިސާބުތަކުގައި މަނާކަމެކެވެ. ދާދިފަހުން އިންޑިއާގެ ބޯޕާލްގައި އެފަދަ ތަފާތުކުރުންތައް ގެންގުޅޭ މައްސަލެއް ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. މައްސަލަހުނުވީ ބޯޕާލްގެ ސްކޫލެއްގައި ކިޔަވާ ދަލިތު ކުދިންނަށް ކާއެއްޗެތި ދޭއިރު ތައްޓަށް އަޅައިފައި ދޭން ދެކޮޅު ހެދުމުންނެވެ. އަދި އެ ކުދިންނަށް ކާއެއްޗެތި ދީފައި ވަނީ ސީދާ އަތަށެވެ. ތަށިތައް ދޭން ދެކޮޅުހަދައިފައި ވަނީ އެ ކުދިން ބޭނުންކުރުމަށްފަހު އެ ތަށިތައް ދޮންނަން ބޭނުންނުވާތީ އެވެ. އަދި އެކުދިން ކައިރީގައި ގެއިން ތަށިތައް ގެނައުމަށް ވަނީ އަންގައިފަ އެވެ. މަތީފަންތީގެ ހިންދޫން ދެކޭ ގޮތުގައި ދަލިތު މީހުންނަކީ އަތްލާން ހެޔޮވެސް ނުވާބަޔެކެވެ. އެމައްސަލަ ހޫނުވުމުން ބޯޕާޅްގެ އެސަރަހައްދުގެ ސްކޫލުތަކަށް އެކިޖަމާއައްތަކުގެ އެކްޓިވިސްއިން ވަނީ ޒިޔާރަތްކޮށްފައެވެ. އެކްޓިވިސްޓުން ބުނިގޮތުގައި އެސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަލިތު ކުދިންނަށް ބަތާއި ރިހަ ފަދަ އެއްޗެތިވެސް ނުދެ އެވެ. އެެެއީ ބަތް އަޅާނެ ތަށި އެ ކުދިންނަށް ދޭން ބޭނުންނުވާތީ އެވެ. މީގެ ކުރިން ވެސް ވަނީ މިފަދަ ތަފާތުކުރުންތަކުގެ މައްސަލައި ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައެވެ. ނަަނަވެސް އެކަންތައް ހުއްޓުވުމަށް އެއްވެސް ފިޔަވާޅެއް އަޅާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ