ރައީސް ޔާމީން ޖަލަށް ލުމުން ނަޝީދަށް ރޮވުނީ އުފަލުން: ސަލީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށް ހުކުމް ކުރި ދުވަހު ކީރިިތިކުރެއްވުނު ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވުމުން، އިދިކޮޅު ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް އެކަމަށް ފާޑު ވިދާޅުވެއްޖެއެވެ.ސަލީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެދުވަހު ނަޝީދަށް ކީރިތިކުރެއްވުނީ ވީ އުފަލެއްގެ ބޮޑުކަމުން ކަމަށެވެ. އަދި ބާރަކީ ދާދި އަވަހަށް ނެތި ހިނގައިދާނެ ކަމެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހުމަކީ އެއީ އެމަނިކުފާނު އުފާފާޅު ކުރަމުން، ހަވާ އަރުވަމުން، ދުވާ ކަމެއް ނޫން ކަމަށެވެ."ތި ބޭފުޅުންނަށް ފަހަރުގައި ފާހަގަކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުވުމާއި، ލަނގިރި ޖެހުމާއި، ލަވަ ކިޔުމާއި، މާ ބެހުމާއި، މި ހުރިހާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ، އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއިކީ" ނަޝީދު ވިދާޅުވިއެވެ.މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ޖަލުން ސަލާމަތްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ކަމަށާއި އެމަނިކުފާނު އެ ފުރުސަތުގެ ބޭނުން ނުހިއްޕެވީ ކަމަށެވެ.ސަރުކާރުން ވަނީ ރައީސް ޔާމީނަށް ޖަލުން ނިކުމެވަައިގެން ބޭރު ޤައުމަކަށް ވަޑައިގަތުމަށް ޑީލެއް ހުށަހަޅާފައެވެ. ނަމަވެސް ރައީސް ޔާމީން ވަނީ އެ ހުށަހެޅުމާއި ދެކޮޅު ހައްދަވާފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ