ރައީސް ޔާމީންގެ ސަޕޯޓަރުން އިހުތިޖާޖަށް މަގު މައްޗަށް ނުކުމެއްޖެ

ރައީސް އަބްދުﷲ ޔާމީނަށް ދަށު ކޯޓުން ކުރި ހުކުމް މިއަދު ހައި ކޯޓުން ދެމެއްހެއްޓުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން މާލޭގެ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެއްޖެ އިހުތިޖާޖު ފަށައިފިއެވެ.
މަޖީދީ މަގާއި ޗާންދަނީ މަގަކީ ގިނަ އަދަދެއް އެއްގަމު އުޅަނދު ދުއްވާ އަދި ބާރުބޮޑު މަގެއް ކަމުން އެ މަގުގައި ދުއްވާ އެއްޗެއްސަށް ދަތުރު ނުކުރެވި ދަނީ ބަރުގޮނު އަޅަމުންނެވެ.
އެ ސަރަހައްދަށް އެއްވަމުންދާ ރައީސް ޔަމީންގެ ސަޕޯޓަރުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުންނެވެ. ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށާއި ރައީސް ޔާމީނަށް މި ސަރުކާރުން ކުރަމުންދާ އަނިޔާ ހުއްތުމަށް ޔާމީންގެ ސަޕޯތަރުން ދަނީ ގޮވާލަމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި މައްސަލާގައި ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ނޮވެމްބަރު 28، 2019 ވަނަ ދުވަހެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި ވަނީ ނޮވެމްބަރު 30، 2019 ވަނަ ދުވަހެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ހުކުމް ކޮށްފައި ވަނީ ދަށު ކޯޓުން ނިންމި ނިންމުން ދެމެހެއްޓުމަށެވެ. މިއަދުގެ ޝަރީއަތުގެ މަޖިޅީހުގައި ތިއްބެވި ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން، އިސް ފަނޑިޔާރު މުހައްމަދު މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔު އެއްގޮތް އިރު، ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔު ތަފާތެވެ. ފަނޑިޔާރު ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރަން ޖެހޭ ކަމަށެވެ.
ރައީސް ޔާމީންއަށް ހުކުމް އިއްވާފައިވާ އިރު މިރޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުަމށް ވަނީ ހަމަޖެހިފައެވެ. މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަޖަެހިފައި ވަނީ މިރޭ 9:30 ގައި ޕީޕީއެމް އޮފީހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ