ހަވީރު 4:00އިން ރޭގަނޑު 8:00އަށް މާލެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާ

މިއަދު ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް މާލެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނޭކަމަށް ކަމާބެހޭ ފަރާތްތަކުން ހާމަކުރައްވައިފިއެވެ.
އައު އަހަރުގެ ފުރަތަމަ ދުވަހު ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސާފައިވަނީ މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.
މިއަދަށް ހާއްސަކޮށް މާލެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާކޮށްފައިވަނީ އާމުންނަށް ހިންހަމަޖައްސާލަން ނިކުމެ އުޅެލެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ.
ހުޅުމާލޭގައި އިންޖީނުލީ އުޅަނދު ދުއްވުން މަނާވާނީ ހުޅުމާލޭ އިރުމަތީ ފަރާތުގެ ބީޗް ސަރަޙައްދަށް އޮންނަ ބޭރުމަގާއި، އަދި އެމަގާއި ގުޅިފައިވާ ގޯޅިތަކުގައިކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
މިއަދުގެ 16:00 އިން މިރޭގެ 20:00 އާއި ހަމައަށް އިންޖީނު ލީ އުޅަނދުފަހަރު ދުއްވުން މަނާނަމަވެސް، ޒަރޫރީ ބޭންނުންތަކަށް، ޙާއްސަ ހުއްދައިގެ ދަށުން ދުއްވާ އުޅަނދުތަކަށް ދަތުރުކުރެވޭނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. އާއަހަރާއި ޢީދުފަދަ ދުވަސްތަކުގައި، މީގެކުރިންވެސް މަގުތަކުގައި ދުއްވުން މަނާ ގަޑިތައް ކަނޑައަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ