އަރަބިއްޔާ ސްކޫލުގް ޕްރިންސިޕަލް ކަމުން ޝޭހް ނަސްރުﷲ މުސްތަފާ އިސްތިއުފާ ދެއްވައިފި އެވެ.
ނަސްރުﷲ އިސްތިއުފާ ދެއްވި އިރު އަރަބައްޔާ ސްކޫލަށް އާ ޕްރިންސިޕަލަކު ހޯދަން ވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އިއުލާންކޮށްފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެ އެވެ.
ނަސްރުﷲ ވަނީ އޮޅުވާލުމެއްގެ ތެރެއިން ހަތަރު މީހަކު ހައްޖަށް ގެންދިޔަ މައްސަލައިގެ ތުހުމަތުގައި މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައްޔަރު ކުރުމަށް ފަހު އޭގޭ އަނެއް ދުވަހު ޝަރުތުތަކާއެކު ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއް ކަމެއް ސާފެއް ނުވެ އެވެ.
މިދިޔަ އޮގަސްޓު މަަހުގެ ތެރޭގައި ހައްޖަށް ދިޔަ މީހުންގެ ތެރެއިން ހަތަރު މީހަކަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާދީފައިވާ ނަމަވެސް އެ މީހުން މައްކާއަށް ގޮސް ހުންނާނެ ތަނެއް ނެތި ހާލުގައި ޖެހުނެވެ. އެ ހަތަރު މީހުންގެ ތެރެއިން ކޮންމެ މީހެއްގެ އަތުން 70،000 ރުފިޔާ ނެގި ކަމަށް ވެސް އެ މީހުން ތުހުމަތު ކުރެ އެވެ. އެ ހަތަރު މީހުންނަކީ އުމުރުން 74 އަހަރުގެ ފިރިހެނަކާއި 56 އަހަރުގެ ފިރިހެނަކާއި އަދި 37 އަހަރާއި 39 އަހަރުގެ ދެމަފިރިންނެވެ.
އަރައްބިއްޔާ ސްކޫލް ޕްރިންސިޕަލް ނަސްރުﷲ އިސްތިއުފާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ