އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެމްޕެއިންއަށް އަަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި މިއަދު ހަވީރު 4 ޖަހާއިރު ގަމަށް ވަޑައިގަންނަވާނެއެވެ.
އައްޑޫއަށް ގަމުން ހޫނު މަރުހަބާއެއް ކިއުމަށް އެމްޑީޕީ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އިބޫ އާއި ކެމްޕެއިން ޓީމަށް ހޫނު މަރުހަބާއެއް ކިއުމަށް ވިހާވެސް ގިނަ ބަޔަކު އެއާޕޯޓަށް ދިއުމަށްވެސް ގުޅިފައިވާ ޕާޓީތަކުން އެދެއެވެ.
އައްޑޫ އާއި ފުވައްމުލަކަށް ކުރައްްވާ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ އިބޫ މަޑު ކުރައްވާނީ ފޭދޫގައެވެ. ފޭދޫ އެމްޑީޕީ އޮފީހުގައި އޮންނަ ހާއްސަ ހަވީރު ސައިފޮދަށް ފަހު އިބޫ ފޭދޫގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވާނެއެވެ.
އޭގެ ފަހުން ހިތަދޫ ރެކިދިޔަ އިންގައި ރޭގަޑު ފަރީކޮޅަށް ފަހު 10:30ގައި އައްޑޫގެ އެކި ރަށްތަކުގެ ކެމްޕެއިން ޓީމް ތަކާއި ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހުކުރު ދުވަހު ހެނދުނު މަރަދޫ މަރަދޫ ފޭދޫގެ ގޭތަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ހުޅުމީދޫއަށް ވަޑައިގެން ޑޯޓުޑޯ ހިންގެވުމަށްފަހު މެންދުރު ފަހު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކަށެވެ. ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑު ފުވައްމުލަކުގައި ކެމްޕެއިން ހަރަކާތުގައި އުޅުއްވުމަށްފަހު އެނބުރި އާދީއްތަ ދަުވަހު އައްޑޫއަށް ވަޑައިގެން ހިތަދޫގެ ގެތަކަށް ކެމްޕެއިން ކުރެއްވުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.
އިބޫ އާއި ކެމްޕެއިން ޓީމު އައްޑޫން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހު ހަވީރުއެވެ.
އިބޫ އައްޑޫއަށް ވަޑައިގަންނަވަނީ މިއަދު ހަވީރު 4 ޖަހާއިރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ