‘އިބްރަތް’ މަދަހަ އަލްބަމް ނެރެފި

‘އިބްރަތް’ މަދަހަ އަލްބަމް ނެރެފިއެވެ.ދިއިސްލާމްއަށް ހަބަރު ލިބިފައިވާގޮތުގައި ‘އިބްރަތް’ މަދަހަ އަލްބަމް ނެރެފައިވަނީ މިމަހު 12 ވީ ހުކުރު ދުވަހުގެ ރޭ އާޓިފިޝިއަލް ބީޗްގައި އޮތް ދަރުސް ފެށުމުގެ ކުރިންނެވެ. މިހާތަނަށް މަދަހަ އަލްބަމްގެ ގިނަ ކޮޕީތައް ވިކިފައިވާ ކަމަށް ދިއިސްލާމްއަށް ވަނީ މައުޟޫމާތު ލިބިފައެވެ. ރާއްޖޭގެ މަދަހަ ކިޔުންތެރިންގެ ތެރެއިން ފުންނާބު އުސް ބޭފުޅެއްކަމުގައިވާ އަލީ ޒައިދުގެ އަޑު ހިމެނިފައިވާ މިމަދަހަ އަލްބަމްގެ އަގަކީ ’75 ރުފިޔާ’ އެވެ. ޖުމްލަ 8 މަދަހަ އެކުލެވިގެންވާ މިމަދަހަ އަލްބަމްގައި މުޅިންވެސް ހިމެނެނީ އަލީ ޒައިދުގެ އަޑެވެ. މަދަހަ ތަކުގެ ޅެން ހައްދަވާފައިވަނީ އަލީ ޒައިދުގެ އިތުރުން ނޫރުއްސަލާމް އެވެ.މަދަހަ އަލްބަމް ލިބެން ހުންނާނީ އަބާޔާ ފިހާރައިންނާއި މާލޭގެ ބައެއް ފިހާރަތަކުންނެވެ. ‘އިބްރަތް’ މަދަހަ އަލްބަމްގެ ޓްރޭލާ އަޑުއައްސަވާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ