ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިސް ބޭފުޅަކު ހޯދަން އިޢުލާންކޮށްފި

ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަރިސް ބޭފުޅަކު ހޯދަން ފުލުހުން އިޢުލާން އިޢުލާންކޮށްފިއެވެ.
ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަން އިޢުލާންކޮށްފައިވަނީ މ. ހިމްމިއްޔާ، އަހުމަދު ސަފްވާން އެވެ. އޭނާ އަކީ މައުމޫން ޢަބްދުލްޤައްޔޫމްގެ ޕަރސަނަލް އެއިޑެއްގެ ގޮތުގައި އެމަނިކުފާނުގެ އަރިހުގައި ހަރަކާތްތެރިވަމުން ގެންދަވާ ބޭފުޅެއްގެ އިތުރުން ޕީޕީއެމްގެ މައުމޫންގެ ފެކްޝަންގެ ކައުންސިލް މެމްބަރެއްވެސް މެއެވެ.
އޭނާ ހޯދަނީ ކޮން މައްސަލައެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ އިޢުލާނުގައި ވަނީ ސަފްވާންއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅައި އޭނާގެ މަޢުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ