"€œޖުމްހޫރީ އިއްތިހާދުން"€ އަމާން އުފާވެރި ބަނދަރަކަށް ގައުމު ގެންގޮސްދޭނަން: ގާސިމް

ރައްޔިތުންގެ ހާލުގެ ދުލުން ގޮވަމުންދަނީ ރަނގަޅު ވެރިކަމެއް ކޮށްދޭނެ ބަޔަކަށް ކަމަށާއި ޖުމްހޫރީ ޕާޓީގެ އިއްތިހާދުން ގައުމު އަމާން އުފާވެރި ބަނދަރަކަށް ގެންގޮސްދޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ އެވެ.ގާސިމްގެ ރަނިން މޭޓަކަށް، ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކުރުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ "މިރެއަކީ ވަރަށް އުފާވެރި ރެއެއް" ކަމަށާއި އޭނާގެ ރަނިން މޭޓަކަށް ޑރ. ހަސަން ހަމަޖެއްސެވީ ޖުމްހޫރީ ޕާޓީގެ ކައުންސިލްގެ ވަރަށް މަތިވެރި އަޣުލަބިއްޔަތުން ކަމަށެވެ. ރަނިން މޭޓަކަށް ހަމަޖެއްސެވުމަށް ކައުންސިލަށް ދެތިން ބޭފުޅެއްގެ ނަން ހުށަހެޅުއްވި ކަމަށާއި ކައުންސިލުން ފާސްކުރީ ޑރ. ހަސަން ކަމަށް ގާސިމް ވިދާޅުވި އެވެ. ގާސިމް ވިދާޅުވީ ޑރ. ހަސަންއާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ ބޭފުޅެއް ކަމަށެވެ.ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީ އަދި އަދާލަތު ޕާޓީ ބައިވެރިވާ ކޯލިޝަނުން "ރަމްޒުކޮށްދެނީ ގައުމީ އެއްބައިވަންތަކަން ނަގަހައްޓައި ދަމަހައްޓައި އިސްލާމް ދީން ދެމެހެއްޓުމަށް މަސައްކަތްކުރުން" ކަމަށް ގާސިމް ވިދާޅުވި އެވެ.ޑރ. ހަސަނާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ ޑރ. ހަސަނާ ފުރަތަމަ ބައްދަލުވެވަޑައިގަތީ ހާއްސަ މަޖިލީހުގެ ދުވަސްވަރު ކަމަށާއި ޑރ. ހަސަނަކީ ހީވާގި ތަޖުރިބާ ހުންނެވި އިލްމީ އަދި ކަރަޕްޝަނަށް މަގުފަހިވާނެ އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށެވެ.މިދިޔަ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީއާއެކު ކޯލިޝަން ހެދި އަދާލަތު ޕާޓީއާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އެއީ "ތެދުވެރި އިހްލާސްތެރި ބައެއްކަން އެނގޭ" ކަމަށެވެ. ގާސިމް ވިދާޅުވީ އެ ބޭފުޅުންނަކީ ގައުމަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއްވުމަށް ތައްޔާރަށް ތިއްބެވި ބައެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އެބޭފުޅުންނަކީ ދައުލަތުގެ ހަރު މުދާ ނުއަގުގައި ވިއްކާލުމާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ކަމަށާއި އެކަމަށް އައްސަރިބަހާއި ސާބަސް ދަންނަވާ ކަމަށް ވިދާޅުވި އެވެ.ދިވެހިންގެ އުއްމީދުތައް ގުޅިފައިވަނީ ޖުމްހޫރީ ޕާޓީގެ އިއްތިހާދާ ކަމަށާއި އެކަން ފެންނަމުންދާ ކަމަށާއި ތަރައްގީ ގެނެވޭނީ އަތާއި އަތް ގުޅާލައިގެން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.އެ ބޭފުޅުންގެ ވެރިކަމެއްގައި މަގާމުތައް ދެއްވާނީ އިއްތިހާދުގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންނަށް އެކަނި ނޫން ކަމަށާއި ގައުމަށްޓަކައި ތެދުވެރިކަމާ އެކު މަސައްކަތް ކުރައްވާ އެހެން ޕާޓީތަކުގެ ބޭފުޅުންނަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށާއި އިގްތިސާދު ބަނގުރޫޓުވެފައިވާ ކަމަށާއި ދަރުބާރުގޭގައި އެއާކަންޑިޝަންތައް ހުރީ "ބަޑިގޮވާފައި" ކަމަށް ގާސިމް ވިދާޅުވި އެވެ. ޖުމްހޫރީ އިއްތިހާދުން ނުކުމެ ތިބީ ގައުމު ސަލާމަތްކޮށް އިގްތިސާދު ވެސް ރަނގަޅު ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.ގާސިމްގެ ވެރިކަމެއްގައި ރާއްޖޭގެ އިގްތިސާދީ އިޖުތިމާއީ ކަންކަން ކުރާނީ ވިޔަފާރިވެރިންނާއި އެ ދާއިރާތަކުގެ ބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެން ވެއްޓިފައި މިއޮތް ވަޅުގަނޑުން ސަލާމަތްވާނެ ބޭފުޅުން އަޅުގަނޑުމެން ބައިވެރިކޮށްގެން ކުރިއަށް ގެންދާނީ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ