އުމަރު އުޅުއްވާ ގޭގެ އެޕާޓްމަންޓަކުން ވައްކަންކުރަން އުޅެފި

ހޯމް މިނިސްޓަރު އުމަރު ނަސީރު ދިރިއުޅުއްވާ ގޭގެ އެހެން އެޕާޓްމަންޓަކަށް، ހަތިޔާރުގެ ގޮތުގައި ބޭނުން ކުރެވިދާނެ ފަދަ އާލާތްތަކަކާ އެކު ވަދެ، ވައްކަން ކުރަން ބަޔަކު މިރޭ މަސައްކަތްކޮށްފި އެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޖަސްޓިސް ބިލްޑިން ކައިރީގައި ހުންނަ އެ ގެ އަށް ބަޔަކު ވަންނަން މަސައްކަތްކުރި ކަމަށް ބުނެ، މިރޭ 7:30 ހާއިރު ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވެ އެވެ. އެއީ މިނިސްޓަރު އުމަރު ދިރިއުޅުއްވާ ގެ ކަމަށް ވިޔަސް، އުމަރު އުޅުއްވާ އެޕާޓްމަންޓަށް ވަންނަން އެ މީހުން އެއްވެސް ވަރަކަށް މަސައްކަތްކޮށްފައި ނުވާ ކަމަށް، އޮފިޝަލް ވިދާޅުވި އެވެ."ފުލުހުން ދިޔައިރު އެ ސަރަހައްދުން އެ މީހުން ފިލައިގެން ހިނގައްޖެ. އެކަމަކު އެ ތަނުގައި
އެ މީހުން ބޭނުން ކުރި ސާމާނުތައް ހުރި،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި
އެވެ. އެނގިފައިވާ ގޮތުގައި، ވަޅި އާއި މަރުތެޔޮ ފަދަ ސާމާނު އެ މީހުން ގެންގުޅުނެވެ. އަދި އެ އެޕާޓްމަންޓަށް
ވަނުމަށް، އެ ތަނުގެ ކުޑަދޮރެއްގެ ބިއްލޫރިގަނޑު ތަޅާލިކަން ވެސް އެނގިފައިވެ
އެވެ. އެހެން ނަމަވެސް، އެތެރެ އަށް ވަދެވުނު ކަމެއް ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ