ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ކޮންޓްރޯލައާއި މަޝްވަރާ ކުރައްވާ ވީޑިއޯ އެއް ލީކުވެއްޖެ

ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު އާއި ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ އިލިޔާސް ހުސައިން އިބްރާހިމް އާއި ދެބޭފުޅުން މަޝްވަރާ ކުރައްވާ ވީޑިއޯއެއް ސޯސަލް މީޑިޔާގައި ލީކުކޮށްލައިފިއެވެ.
މިވީޑިއޯ ނަގާފައިވާ ތާރީހެއް ސާފުނުވިނަމަވެސް ސީއެންއެމްއަށް މައުލޫމާތުގެ ލިބިފައިވާ ގޮތުގައި އެ ބައްދަލުވުމަކީ އެމްޑީޕީގެ ވެރިކަން ބަދަލުވީ ފަހުން ބޭއްވި ބައްދަލުވުކެވެ. މިވީޑިއޯގައި ފެނިގެންދަނީ ރައީސް ވަހީދުގެ ޅިޔަނު އަދި މިހާރުގެ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ އިލްޔާސްއާއި ފަނޑިޔާރު އަލީ ހަމީދުގެ މަޝްވާރާ ކުރައްވާ މަންޒަރެވެ.
ވީޑިއޯ ކުރާ މީހާ ކެމެރާ ހިފައިގެން ސިޑިން އެރުމުން އެ ދެބޭފުޅުންގެ ކައިރީގައި އިންނެވި އެހެން ބޭފުޅަކު ތެދުވެގެން އައިސް ކެމެރާ އަތުލުމަށް މަސައްކަތްކުރާތަން ވީޑިއޯގައި ފެނިގެންދެއެވެ.
މިދެ ބޭފުޅުން ބައްދަލުވުން ބާއްވާފައިވަނީ ބޯޑަރ ކޮންޓްރޯލްގެ މައްސަލަ ކޯޓް މަރުހަލާގައިވަނިކޮށް ކަމެއް ނުވަތަ އޭގެ ކުރިންކަމެއް ޔާގީންކުރެވޭގޮތް އަދިވަނީ ނުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ