ފިލައިގެން އުޅުނު ޝިފާ ހޯދާ އާއިލާއާ ހަވާލުކޮށްފި

އާއިލާއަށް ފިލައިގެން އުޅުނު 16 އަހަރުގެ އަންހެން ކުއްޖާ ހޯދައި އޭނާގެ އާއިލާއާ ހަވާލުކޮށްފި އެވެ.
ފުލުހުން ބުނީ ގ. ގްރީންބީންސް ޝިފާ މުހައްމަދު (16އ) އާއިލާއަށް ފިލާފައިވާކަމަށް އާއިލާގެ ފަރާތުުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ.
ޝިފާ ހޯދުމަށް ފުލުހުން ކުރަމުންދިޔަ މަސައްކަތުން އޭނާ ފެނިފައިވަނީ މާފަންނު ގެއެއްގެ ތެރޭގައި އޭނާ ހުރި ކަމުގެ މައުލޫމާތު އާންމު ފަރާތަކުން ފުލުހުންނަށް ދިނުމާއެކު ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ މުވައްޒަފުން އެގެއަށް ގޮސް ގޭގެ ވެރިފަރާތުގެ ހުއްދާއާއެކު އެގޭތެރެ ބަލައި ފާސްކުރިއިރު އެގޭ ކޮޓަރިއެއްގެ ތެރެއިންނެވެ.
ޝިފާ ހޯދުމަށް ފުލުހުން ހިންގި ހަރަކާތުގައި އޭނާ ފިލުވައިގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވިގެން 25 އަހަރުގެ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
ފުލުހުން ވަނީ އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށަށުގައި ގޭގޭގައި މީހުންނާއި ކުޑަކުދިން ބައިތިއްބާއިރު އެ ފަރާތްތަކަކީ ކާކުކަން ދެނެގަނެ ކަށަވަރު ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ.
ޝިފާ އާއިލާއަށް ފިލައިގެން އުޅުނު މައްސަލައާއި އޭނާ ފިލުވައިގެން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ