ރާއްޖެ ޖެހިފައިވަނީ ލީގަލް ޓްރެފިކެއްގައި: އުމަރު

ދިވެހިން ތާށިވެފައި ވަނީ "ލީގަލް ޓްރެފިކެއް" ގެ ތެރޭގައި ކަމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ޝަރުއީ ކޯޓުތަކުން ހުކުމެއް ކުރުމާދެމެދު ދެ އަހަރުދުވަސް ހޭދަވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ، ރޭ ޖޭޕީ އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކުށްވެރީންނަށް ހައްގު އަދަބު ނުދެވި ލަސްވެގެންދަނީ ރާއްޖޭގެ ގާނޫނު ތަކުގެ "ދިއުޅި ދިގުވެގެން" ކަމަށެވެ. މަ
"ކުށުގެ ވެށިން މީހަކު ހައްޔަރު ކުރުމަށްފަހު އޭނާގެ މައްޗަށް ހުކުމެއް ނުކުރެވި ފުރިހަމަ ދެއަހަރު ފާއިތުވާއިރު އެގޮތް މެދުވެރިވަނީ ގާނޫނުތަކާއި ގަވާއިދުތަކުގެ ސަބަބުން އެޅޭ ހުރަހުން،" މިނިސްޓަރު ވިދާޅުވި އެވެ. "މިކަންކަން ހައްލުކުރެވޭނީ ޤާނޫނުތަކަށް ގެންނަންޖެހޭ މުހިންމު ބަދަލުތައް ގެނެސްގެން، އެކަމަށް މަސައްކަތް ކޮށްދެއްވުމަށް މަޖިލިސް މެމްބަރުންނަށް އިލްތިމާސް ކުރަން،"
މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ތަޢާރަފުވެގެން އައި އިރު މަސައްކަތް ކުރެވުނީ ހުޅަނގުގެ ކޯޓެއްލާން ކަމަށާއި ނަމަވެސް އެކޯޓުގެ ފަސްބަޔާއި އަތްކުރި ދިގުވެފައިވާކަމަށާއި އެކޯޓު ކުޑަކޮށް ހެޔޮވަރުކުރަންޖެހިފައިވާ ކަމަށެވެ. އަދި މުއައްސަސާތަކުގެ މަސައްކަތްތައް ހަރުދަނާކޮށް އެދެވޭ ގޮތުގައި ހިނގައިގަތުމަށްޓަކައިވެސް ބައެއް މުހިއްމު ބަދަލުތައް ޤާނޫނަށް ގެންނަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ