ނުކުޅެދުންތެރިކަމުގެ ދާއިރާގެ ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ތިންބޭފުޅަކު ހަމަޖައްސައިފި

ރާއްޖޭގެ ނުކުޅެދުންތެރިކަމުގެ ދާއިރާގެ ގުޑްވިލް އެމްބެސެޑަރުންގެ ގޮތުގައި ތިން ބޭފުޅަކު ހަމަޖައްސައި، އެބޭފުޅުންނަށް މަގާމުގެ ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްފި އެވެ.
ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި މިއަދު ބޭއްވި ޖަލްސާގައި ޑިސެބިލިޓީ އެމްބެސެޑަރުންނަށް ހޮވުނު ބޭފުޅުންނަށް ހަނދާނީ ލިޔުމާއި ފިލާ ހަވާލުކޮށްދެއްވީ ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް އެވެ.
ޑިސެބިލިޓީ އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސަވާފައިވަނީ ފައިސަލް ފައުންޑޭޝަންގެ ބާނީ، އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމާއި، ކެއާ ސޮސައިޓީގެ އެގްޒެކެޓިވް ޑިރެކްޓަ ފާތިމަތު އާފިޔާއާއި އަހްމަދު ހިސާނެވެ.
ދުނިޔޭގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަލާފާނު ސްކޫލުގައި މިއަދު ބޭއްވި ޖަލްސާގައި މި ތިން ބޭފުޅުން އެމްބެސެޑަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަރުދީ ހައިސިއްޔަތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ކުރައްވަމުންގެންދަވާ ގިނަގުނަ މަސައްކަތްތައް ފާހަގަކުރުމުގެ ގޮތުން ކަމަށް ޖެންޑަ މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ