މާވަށު ގެއަކުން ވަގަށްނެގި ލެޕްޓޮޕެއް ހޯދާ މީހަކު ހައްޔަރުކޮށްފި

ލ. މާވަށު ގެއަކުން ވަގަށް ނަގާފައިވާ ލެޕްޓޮޕެއް ހޯދައި ތުހުމަތުކުރެވޭ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 24 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަގަށް ނަގާފައިވާ ލެޕްޓޮޕް ހޯދާފައިވަނީ ބިދޭސީއަކަށް ތިންހާސް ރުފިޔާއަށް ވިއްކާލާފައިވަނިކޮށްކަމަށާ މި ލެޕްޓޮޕް އޭގެ ވެރިފަރާތާ މިހާރު ހަވާލުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.
ވައްކަމުގެ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާ އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހަކަށްވާއިރު އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސްޕާރީ ހުސްކުރި ޕެކެޓެއް ފެނިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ