ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ބޭފުޅަކު ހޮވަން ބާއްވާ އިންތިހާބުގައި މާލެ ނޫން ރަށެއްގައި ވޯޓުލާން ބޭނުންވާ މީހުން ރަޖިސްޓްރީ ކުރަން ނުޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު އަމުރު ކުރުމާ ގުޅިގެން އިއުލާންކޮށްފައިވާ ތާރީހުގައި ބާއްވާން ނިންމި އިންތިހާބު އޭޖީ އޮފީހުން ބާތިލުކޮށް އެކަން އާންމުކޮށްފި އެވެ.
އޭޖީ އޮފީހުން މިރޭ ނެރުނު އިއުލާނުގައި ބުނަނީ ވަކީލަކު އިންތިހާބު ކުރުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގެ މައިގަނޑު އަސާސަކީ ވޯޓް ސިއްރު ކުރުން ކަމަށްވެފައި ސުޕްރީމް ކޯޓުން އެ މާއްދާގެ (ހ) ބާތިލު ކުރުމުން އެ މަގުސަދު ހާސިލު ނުވާނެތީ އެ އުސޫލު ބާތިލުކޮށް އެ އުސޫލުގެ ދަށުން މި މަހުގެ ތިން ވަނަ ދުވަހު އިއުލާންކޮށްފައިވާ އިންތިހާބު ބާތިކޮށްފައިވާ ކަމަށެވެ.
އޭޖީ އޮފީހުން ބުނީ އެ އިންތިހާބު ދެން ބާއްވާނެ ދުވަހަކާއި ތަފުސީލުތައް ފަހުން އިއުލާން ކުރާނެ ކަމަށެވެ.
ޖޭއެސްސީ އަށް ގާނޫނީ ވަކީލަކު އިންތިހާބު ކުރުން ތާވަލުކޮށްފައި ވަނީ މިމަހުގެ 21 ވަނަ ދުވަހަށެވެ. އެދުވަހު ވޯޓްލުން ކުރިއަށް ގެންދަން އޮތީ ހެނދުނު 8:30 އިން ހަވީރު 4:30 އަށެވެ. އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރޭގައި 788 ވަކީލަކު ހިމެނެ އެވެ.
މިއަދު ކުއްލި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނަނީ ޖޭއެސްސީއަށް ވަކީލުން އިންތިޚާބު ކުރުމާ ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލާފައިވާ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) އަކީ ބާތިލް މާއްދާއެއް ކަމަށެވެ. އަދި މާލެފިޔަވައި އެހެންރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ފުރުސަތު ހުޅުވާލައި މި މަހުގެ ތިން ވަނަ ދުވަހު ބަންޑާރަ ނައިބުގެ އޮފީހުން ކުރި އިއުލާންވެ އެއީ ބާތިލު އިއުލާނެއް ކަމަށެވެ. އަދި އެ އަމުރުގައި ބުނަނީ ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ވަކީލު އިންތިޚާބު ކުރުމުގައި ކުރިން އަމަލުކޮށްފައިވާ އިޖުރާއަތްތަކާއި އުސޫލުތަކާ ޚިލާފުނުވާގޮތަށް ކުރިއަށް ގެންދިޔުމަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާގެ (ށ) ގެ ދަށުން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް އަންގައި އަމުރުކުރާ ކަމަށެވެ.
ސުޕްރީމް ކޯޓްގެ އަމުރާ ގުޅިގެން ވަކީލުންގެ އިންތިހާބު ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ