ރައީސް ކަމެއްވެސް އަދި މަގާމެއްވެސް ބޭނުމެއް ނުވޭ: މައުމޫން

ޕީޕީއެމްގެ ސަރުކާރެއްގައި ރާއްޖޭގެ ރައީސް ކަމެއްވެސް އަދި މަގާމެއްވެސް ބޭނުމެއް ނުވާ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިރޭ ޕީޕީއެމްގެ ގަލޮޅު ރާސްޓަސް ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަމުން މައުމޫން ވިދާޅުވީ ރައީސް ކަމެއްވެސް އަދި މަގާމެއްވެސް ބޭނުމެއް ނުވާ ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި ރާއްޖެ ވެއްޓިފައިވާ އިގްތިސާދީ އަނދަވަޅުން ނަގާ ކޮޅައްޖަހާނެ ކަމަށާއި ޒުވާނުންނަށް ވަޒީފާތަށް ހޯދާދީ ރާއްޖޭގައި އަމަންއަމާންކަން ގާއިމްކޮއްދޭނެކަމަށް ޕީޕީއެމްގެ ރައީސް ވިދާޅުވިއެވެ.
އަތޮޅުތަކަށް ކުރާ ދަތުރުތަކުން ޕީޕީއެމް އަށް އޮންނަ ތާއީދު ފެނިގެންދާ ކަމަށް ވިދާޅުވަމުން ވިދާޅުވީ އަތޮޅުތަކުގެ ވަރަށް ބޮޑު ތާއީދު ޕީޕީއެމަށް ލިބިގެންދާނެކަމަށެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިހާބު ޕީޕީއެމުން ކާމިޔާބު ކުރާނެކަމަށްވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ