ވިލިމާފަންނު ދާއިރާގެ އެމްޑީޕީގެ ރައީސް ކަމަށް މުހައްމަދު އިބްރާހިމް މަނިކު

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވިލިމާފަންނު ދާއިރާގެ ރައީސްކަމަށް މއ. ނާރިނގުގެ، މުޙައްމަދު އިބްރާހިމް މަނިކު އިންތިޙާބްވެ ވަޑައިގެންފިއެވެ.
މުޙައްމަދު އިބްރާހިމް އެމަޤާމަށް އިންތިޚާބްވެ ވަޑައިގަތީ އިއްޔެ ބޭއްވުނު އެ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. މިއަދު ބޭއްވުނު ބައި އިލެކްޝަންގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަނިކަށް ލިބިވަޑައިގެންނެވީ 56 ވޯޓެވެ. އެންމެ ކައިރިން ވާދަކުރެއްވި މއ.ހަތާ، އަހުމަދު ޚަލީލު 27 ވޯޓު ލިބިވަޑައިގެންނެވި އިރު މ. އަލިމަސްވާދީ، އަބުދުލް މަޖީދު ޝަމީމަށް ލިބިވަޑައިގެންނެވީ 12 ވޯޓެވެ. އަދި ދަފްތަރު 3699، އަޙްމަދު ފާއިޒަށް ލިބިވަޑައިގެންނެވީ 1 ވޯޓެވެ.
މި ދާއިރާގެ ނައިބު ރައީސްކަމުގެ މަޤާމް 59 ވޯޓު ހޯއްދަވައިގެން ކާމިޔާބު ކުރެއްވީ ވ. ދަރެސް، ފާތިމަތު ޔުމްނާއެވެ. އޭނާއާ ވާދަކުރެއްވި ވ. ނަސްރު އުފާ، ހަމްނާ ވަހީދު އަށް ލިބިވަޑައިގެންނެވީ 38 ވޯޓެވެ.
ސެކެޓްރީކަމަށް ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓް ވ. ވެރޯނިކާ، ހަސަން ނަބާޙުއަށް ފެނިވަޑައިގަންނަވާކަމަށް 87 ވޯޓު ލިބިވަޑައިގެންނެވި އިރު ނުފެންނަކަމަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ.
އެމްޑީޕީން ބުނީ  މި އިންތިޚާބްގެ ރަސްމީ ނަތީޖާ އަންނަ ހަފްތާތެރޭގައި އިޢުލާންކުރެވޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ