މައުމޫން މެލޭޝިއާ އަށް ފުރާވަޑައިގެންފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ މެލޭޝިއާ އަށް ފުރާވަޑައިގެންފި އެވެ.
ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައުމޫނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް، މެލޭޝިއާ އަށް ވަޑައިގަންނަވަނީ ބޭސްފަރުވާއަކަށް ކަމަށެވެ.
"މާތް ﷲގެ އިރާދަފުޅާއެކު ރައީސް މައުމޫނާއި އަނބިކަނބަލުން ވަރަށް އަވަހަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ އެވެ،" ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
މައުމޫނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ބޭސްފަރުވާއަކަށް މީގެ ތިން މަސް ކުރިން ވެސް މެލޭޝިއާ އަށް ވަޑައިގަތެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހު މެލޭޝިއާ އަދި ސިންގަޕޫރުގައި އުޅުއްވުމަށް ފަހު އެ ފަހަރު މާލެ ވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ ފަހު ކޮޅުގަ އެވެ.
މައުމޫން ރޭ މެލޭޝިއާ އަށް ފުރާވަޑައިގެންނެވި އިރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށްޓަކައި އެ މަނިކުފާނުގެ ކޮއްކޯފުޅު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ލީޑަރު އބްދުﷲ ޔާމީން މިއަދު 00: 11 އަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ ޗިޓް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ