އިންތިހާބުގައި މާލެއަށް އަމާޒުކޮށް އިތުރަށް މަސައްކަތް ކުރަންޖެހޭ - މައުމޫން

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި މާލެއަށް އަމާޒުކޮށް އިތުރަށް މަސައްކަތް ކުރަންޖެހޭކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ހެންވޭރު ދެކުނު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ޕީޕީއެމްއަކީ ރައްޔިތުންގެ އެންމެ ތާއީދުއޮތް ޕާޓީއަށް ވީނަމަވެސް މާލެއިން އިތުރަށް ވޯޓް ހޯދުމަށް އިތުރު މަސައްކަތްތަކެއް ޕީޕީއެމުން ކުރަންޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ.
އަދި މާލެއިން މީގެކުރީގެ އިންތިޙާބުތަކުގައި ކާމިޔާބީ ލިބިފައިވަނީ އެހެން ޕާޓީތަކަށްކަމަށާ އެހެން އެކަންތައްވާން ދިމާވީ މާލޭގައި އެކަށީގެންވާވަރަށް ކެމްޕޭނުގެ ޙަރަކާތްތަށް ނުހިންގުމުންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އޭރު ޑީއާރުޕީ އޮތީ، ނަމަވެސް ޑިއާރުޕީ ތެރެއިން މަސަތްކަތްކުރިނަމަވެސް އަޅުގަނޑުމެންނަށް ކާމިޔާބެއް ނުލިބުނު. މިބުނާއެއްޗަކީ އަޅުގަނޑުމެންގެ ޕާޓީއަށް އަދި އަޅުގަނޑުމެންގެ ފިކުރަށް މާލެއިން ތާޢިދުކާރާލެއް މަދެކޭނޫން ،އެއްގޮތަތަކަށްވެސް މަދެއްނުން" ރައީސް މައުމޫން ވިދާޅުވިއެވެ.
މީގެ އިތުރުން ރޭ ޕީޕިއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވީ ރާއްޖޭގެ އުތުރާ މެދުރާއްޖެތެރެއިންނާ އަދި ރާއްޖޭގެ ދެކުނުން ފެނިގެންދިޔަ މަންޒަރުތަކުން މިރާއްޖޭގައި ދެން ފެށިގެންދާނީ ޕީޕީއެމްގެ ސަރުކާރެއްކަން މިހާރު ޔަގީންވެފައިވާކަމަށެވެ.
ޕީޕީއެމްގެ ސަރުކާރެއްގެ މައިތަނބުކަމަށްވާނީ ރާއްޖޭގައި އަމަން އާންމު ގާއިމްކުރާ ފަރާތްތަކަށް ފުރިހަމަ ބާރާ އިޙްތިޔާރާ މިނިވަންކަން ދިނުންކަމަށް ޑރ.ޖަމީލް ވިދާޅުވިއެވެ. ޑރ.ޖަމީލް ވިދާޅުވީ ފުލުހުންނާ ސިފައިންނަށް އެއްވެސް ބިރުވެރިކަމެއްނެތި ފުރިހަމަ މިނިވަންކަމާއެކީގައި މަސައްކަތް ކުރެއްވޭނެ ބާރާ އިޙްތިޔާރް ޕީޕީއެމްގެ ސަރުކާރެއްގައި ސަލާމަތީބާރުތަކަށް ފޯރުކޮށްދީ ރައްޔިތުންނަށް އެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށެވެ.
" ރާއްޖޭގެ ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަށް މަސަތްކަތްކުރަމުންދާ އަދި ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ ނަފްސާ މުދަލުގެ ރައްކާތެރިކަން ހޯދައިދިނުމަށް ސައްވިސް ގަޑިއިރު މަސަތްކަތްކުރަމުންދާ އަޅުގަނޑުމެންގެ ފުލުހުން އުޅެމުންދަނި ވަރަށްނިކަމެތި ޙާލުގައިކަން އަޅުގަނޑުމެންނަށްއިނގޭ އިރާދަކުރެއްވިޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ފުލުހުންނާ ސިފައިންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކޮއް ހުރިހާ ހިސާބެއްގައި ހަރަކާތްތެރިވާ ސިފައިންނަ ފުލުހުންގެ ރައްކާތެރިކަމާ ބޯހިޔާވަކަން އެންމެ މިޒަމާނީ ފެންވަރަށް ގެންގޮސްދޭނަން" ޑރ.ޖަމީލް ވިދޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ