ޕީޕީއެމްގެ ދިރުން - ރައްޔިތުންގެ ހިޔާލު މި ޝިއާރުގެ ދަށުން ރައީސް މައުމޫނު ރައްޔިތުންނާއި ބައްދަލުކުރައްވަން ނިންމަފައިފިއެވެ.
ޕީޕީއެމްގެ ރައީސް މައުމޫނު ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޢަލީމް ވިދާޅުވީ މިގޮތުން ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރައީސް މައުމޫނު ބާއްވަވާ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޕީޕީއެމްގެ ރައީސްގެ އޮފީސް ހ ތެމާގައި ކަމުގައެވެ.
އަލީމް ވިދާޅުވީ މި ބައްދަލުވުން މާދަމާ ރޭ 9:00 ގައި ފެށޭނެ ކަމުގައެވެ.
އަދި މި ބައްދަލުވުމުގައި ރައީސް މައުމޫނު ބައިވެރިވެވަޑައިގަންނަވާނެކަމަށާއި މި ބައްދަލުވުމަށް ވީހާވެސް ގިނަ ބަޔަކަށް ދައުވަތު އަރުވާކަމަށްވެސް އަލީމް ވިދާޅުވިއެވެ.
"ޕީޕީއެމްގެ ދިރުން - ރައްޔިތުންގެ ހިޔާލު" އާއި އެކު ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ