އިޒްރޭލާ ގުޅުން ގާއިމްކުރުމުން ފަލަސްތީނުގެ ނުރުހުން ޔޫއޭއީއަށް، "ތިއީ ގައްދާރުން"

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އިޒްރޭލާ ގުޅުން ގާއިމްކުރަން ނިންމުމުން އެ ގައުމުގެ ރައްޔިތުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ޔޫއޭއީން އިޒްރޭލާއެކު ގުޅުން ގާއިމްކުރުން ވެގެން ގޮސްފައިވަނީ، މިނިވަން ދައުލަތަކަށް ފަލަސްތީނު ރައްޔިތުން ކުރާ މަސައްކަތަށް ލިބުނު އިތުރު ހުރަހަކަށެވެ. ޔޫއޭއީން އިޒްރޭލާ ގުޅުން ގާއިމްކުރީ، އިޒްރޭލުން ވެރިވެގެންފައިވާ ހުޅަނގު އައްސޭރީގެ ބިންތަކަކީ އިޒްރޭލުގެ ބަޔެއްގެ ގޮތުގައި ކަނޑައެޅުން މަޑުޖައްސާލަށް ޝަރުތުކޮށްފައެވެ.
ފަލަސްތީނުގެ ފަރާތުން އިޒްރޭލާއެކު ކުރާ މަޝްވަރާތަކުގައި މުޝީރެއްގެ ރޯލު އަދާކުރާ ސާބް އަރަކާތް ވިދާޅުވީ، ބިމުގެ މައްސަލައިގައި އިޒްރޭލުން އެހެން ގޮތަކަށް އަމަލުކުރި ނަމަވެސް، އެ ދެ ގައުމުން ގުޅުން ގާއިމްކުރާނެ ކަމަށެވެ. އަދި މިއީ ފަލަސްތީނު ރައްޔިތުންގެ ހައްގަށް ބެލުމެއް ނެތި ނިންމި ނިންމުމެއް ކަމަށް ވިދާޅުވިއެވެ. ހަމާސް ޖަމާއަތުން ވެސް ވަނީ ޔޫއޭއީގެ ނިންމުން ކުށްވެރިކޮށް، އެ ގައުމުގެ "ފިނޑި" އަމަލަށް ފާޑުކިޔާފައެވެ.
ޔޫއޭއީގެ އަމަލަށް ފަލަސްތީނުގެ ރައްޔިތުންގެ ނުރުހުން އަމާޒުވެފައިވާއިރު، މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު އަގްސާ މިސްކިތް ބޭރުގައި ފަލަސްތީނު ރައްޔިތުންތަކެއް ވަނީ، ޔޫއޭއީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒަޔެދްގެ ފޮޓޮއެއްގައި އިނގިރޭސި ބަހުން ގައްދާރު (ޓްރެއިޓަރ) ޖަހައިގެން، ފަލަސްތީނުގެ ދިދައަކާއެކު އެ ސަރަހައްދުގައި ހަރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ