ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައި އޮތުމަށްފަހު އިއްތިހާދު އެއާވޭސްގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެެވެ.
މިއަދު ރާއްޖެ އައި އިއްތިހާދު އެއާވޭސްގެ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސީ މެންދުރުފަހު 15:15ގައެވެ. ރާއްޖެއަށް އެ ފްލައިޓު އައިސްފައި މި ވަނީ އަބޫދާބީން ފުރައިގެންނެވެ. ކޮވިޑް-19 ގެ ސަބަބުން އެ އެއާލައިންގެ ދަތުރުތައް މެދުކަނޑާލުމަށް ފަހު މިހާރު އަންނަނީ އަލުން ދަތުރުތައް ފަށަމުންނެވެ. އެގޮތުން މި މަސް ތެރޭގައި އެ އެއާލައިން 15 މަންޒިލަކަށް ދަތުރު ކުރުމަށް ނިންމާފައިވެއެވެ. އޭގެތެރޭގައި ރާއްޖެވެސް ހިމެނެއެވެ.
އިއްތިހާދު އެއާވޭސްއިން ހާމަކުރާގޮތުގައި ދަތުރުތައް ކުރުމުގައި ފަސިންޖަރުންގެ ސަމާލަތާއި ރައްކާތެރިކަމަށް އެ އެއާލައިން އިން ހާއްސަ ސަމާލުކަމެއްދެއެވެ. އެގޮތުން ފްލައިޓު ތެރޭގައި އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށް ބާރު އެޅުމަށްޓަކައި ބައެއް ގޮނޑިތައް އެ އެއާލައިން ވަނީ ހުސްކޮށް ބަހައްޓާފައެވެ.
ރާއްޖެއަށް ކުރަމުން ދިޔަ ދަތުރުތައް ހުއްޓާލިއިރު ދުވާލަކު ދެ ފްލައިޓު ކުރިން ދިޔައީ ބާއްވަމުންނެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައި ވަނި މިދިޔަ ބުދަ ދުވަހުއެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު އެންމެ ފުރަތަމަ ރާއްޖެ އަށް ޖެއްސީ ގަތަރު އެއާވޭސްއެވެ. އެ ބޯޓުން ފަތުރުވެރިންގެ ގޮތުގައި 104 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ. އަދި ބޯޑަރު ހުޅުވުމުން މިހާރު ރާއްޖެއަށް ފަތުރުވެރިން ކޮންމެ ދުވަހަކުވެސް އަންނަނީ ޒިޔާރަތް ކުރަމުންނެވެ.
އިއްތިހާދު އެއާވޭސްގެ ޝެޑިއުލް ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ