މޫސުން ގޯސްވުމުން މަސްދޯންޏެއް އަނޑިއަށް ގޮސް، ފަޅުވެރިން ކަނޑުވެއްޖެ

މޫސުން ގޯސްވުމުން މަސްދޯންޏެއް އަނޑިއަށް ގޮސް، ފަޅުވެރިން ކަނޑުވެފައި ތިއްބާ މިއަދު ހެނދުނު ސަލާމަތް ކޮށްފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ ނުވަ މީހުންނާއި އެކު މާލެ އާއި 17 ނޯޓިކަލް މޭލު އިރުން ހުރާ ބޮއެ ކައިރީ މަސްވެރިކަން ކުރަން އުޅުނު "ކަނޑުރޯދި-01" ނަމަކަށް ކިޔާ ދޯންޏެއް މޫސުން ގޯސްވެ ކަނޑު ގަދަވެ، ދޯނި އަޑިއަށް ގޮސް ފަޅުވެރިން ކަނޑުވެފައި ތިއްބާ އެސަރަހައްދުން ދަތުރު ކުރި އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށެވެ.
މި ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ