ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަންފުޅަށް ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވައިފިއެވެ.
ރައީސް ސޯލިހު މަޖިލީހަށް ފޮނުއްވީ އަލީ ރަޝީދު ހުސައިންއާއި ޑރ. މުހައްމަދު އިބްރާހިމްގެ ނަންފުޅެވެ. މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ ޖޭއެސްސީގެ ލަފަޔާއެކު އެވެ.
މި ދެ ބޭފުޅުންގެ ތެރެއިން އަލީ ރަޝީދު އެ މަގާމަށް އައްޔަންކުރަން މަޖިލީހުން ފާސްކުރީ 55 މެމްބަރުންގެ ވޯޓާއެކުއެވެ. ޑރ.މުހައްމަދު އިބްރާހިމް އަށް 63 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މީގެތެރެއިން ގާޒީ އަލީ ރަޝީދު ހުސައިން އަކީ މިހާރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ބޭފުޅާއެވެ. ގާޒީ އަލީ ރަޝީދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލާ ހުކުމް އިއްވި ފަނޑިޔާރު ވެސް މެއެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.
ސުުޕްރީމްކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު، ދެ ފަނޑިޔާރުންގެ މަގާމު އޮތީ ހުސްކޮށެވެ.
ސުޕްރީމް ކޯޓަށް ދެ ބޭފުޅަކު އައްޔަން ކުރަން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ