އދ. ފެންފުށީގެ އިޖުތިމާއީ ހާލަތާއި، އާއްމުކޮށް ހިނގާ ކުށްތަކާއި، މިވަގުތު ފުލުހުންނާއި ގުޅުންހުރި ކަންކަމުގެ ތެރެއިން ރައްޔިތުންގެ އެންމެ ކަންބޮޑުވާ ކަންތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދަވައިފިއެވެ.
މި މަޢުލޫމާތު ހޯއްދެވީ އދ.ފެންފުށި ޕޮލިސް ސްޓޭޝަނުން އދ.ފެންފުށި ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ހިނގާ ޖޫން 12 ވަނަ ދުވަހު ފެންފުށި ކައުންސިލް އިދާރާގައި ބޭއްވި މި ބައްދަލުވުމަކީ ފެންފުށި ޕޮލިސް ސްޓޭޝަންގެ ހިންގުމާ ޕޮލިސް ސްޓާފް ސާޖަންޓް ޢަބްދުﷲ ޝާހިދު ހަވާލުވެ ލެއްވުމަށްފަހު ކައުންސިލާއި ބައްދަލުކޮށް ތައާރަފް ވުމުގެ ގޮތުންނާއި ރަށުގެ ހާލަތު ދެނެގަތުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
ކުށްމަދު އަމާން މުޖްތަމައުއެއް ޤާއިމް ކުރުމަށްޓަކައި ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ އަދި ހިންގިދާނެ ތަފާތު ހަރަކާތްތަކާ ބެހޭ ގޮތުން ވެސް މިބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުވުމުގައި ފެންފުށި ކައުންސިލް މެމްބަރުން ވަނީ ފުލުހުންނާއި ގުޅިގެން އަމާން ވެއްޓެއް ގާއިމުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތެއްގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ
މިބައްދަލުވުމުގައި ފެންފުށި ކައުންސިލް ރައީސްގެ އިތުރުން ކައުންސިލްގައި ހިމެނޭ ހުރިހާ މެންބަރުން ބައިވެރިވިއެވެ.
ފެންފުށީ ރައްޔިތުން އެންމެ ކަންބޮޑުވާ ކަންތަކާއި ބެހޭ މައުލޫމާތު ހޯދައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ