އެމްޑީޕީގެ މަޖިލިސް ތިން މެންބަރަކު ފިޔަވާ އެޕާޓީގެ ހުރިހާ މަޖިލިސް މެންބަރުން ރިޝްވަތު ނެގި: އުމަރު

ރައެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެންބަރަކު ފިޔަވާ ހުރިހާ މެންބަރުން ރިޝްވަތު ނަގާފައިވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
އުމަރު ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށް ރިޝްވަތު ދެއްވީ ކުރީގެ ނައިބް ރައީސްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލް އަހްމަދު މަގާމުން ވަކިކުރައްވާ ފަހުން އެ މަގާމަށް ވަޑައިގެންނެވި އަދީބް މަގާމަށް ވަޑައިގަތުމަށްޓަކައި އަދީބްބ ކަމަށެވެ.
އުމަރު އިތުރަށް ވިދާޅުވީ އެއީ ޑިމޮކްރަސީއަށް ހުރި ހުތުރެއް ކަމަށެވެ.
އެމްޑީޕީގެ މެންބަރުންތަކެއް ރިޝްވަތު ނެންގެވި ކަމަށް އުމަރު ވިދާޅުވި ނަމަވެސް އެއްވެސް ބޭފުޅެއްގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.
އެމްޑީޕީގެ މެންބަރުން ރިޝްވަތު ނެންގެވި ކަމަށް އުމަރު ވިދާޅުވާއިރު އެމްޑީޕީން ގެންދަނީ މިސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތައް ކަމަށް ބުނެ ބައެއް މައްސަލަތައް ފެންމަތިކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ