މެމްބަރު ނިހާން ސާއިދަށް 42500ރ. ދެއްވައިފި

ރީޔޫނިއަންގައި ނިމިގެންދިޔަ ނުވަވަނަ އިންޑިއަން އޯޝަން އައިލެންޑްސް ގޭމްސް (އައިއޯއައިޖީ)ގެ 100 މީޓަރު ދުވުމުން ރާއްޖެއަށް ރަންމެޑަލް ހޯދައިދިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް 42500 ރ. ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސެއިން މަނިކް ދެއްވައިފި އެވެ.
ސާއިދަށް އެފައިސާ ހަވާލު ކޮށްދެއްވުން އޮތީ މިއަދު މެންދުރު ފަހު އެފްއޭއެމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ނިހާން ވިދާޅުވީ، ސާއިދު ގައުމަށް ހޯދައިދިން ރީތި ނަމަށްޓަކައި ކޮންމެ ދިވެއްސަކު ވެސް ފަހުރުވެރިވާނެ ކަމަށާއި މިފައިސާ ސާއިދުއަށް ހަދިޔާ ކުރީ އޭނާއަށް މަރުހަބާ ކިޔުމުން އެކަނި ފުއްދާ ނުލުމުގެ ގޮތުން ކަމަށެވެ.
އައިއޯއައިޖީގެ ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު ރާއްޖެއަށް ރަން މެޑަލް ހޯދައިދިންއިރު، 200 މީޓަރު ދުވުމުން އޭނަ ވަނީ ރާއްޖެއަށް ރިހި މެޑަލް ހޯދައިދީފަ އެވެ.
ސާއިދު ހޯދި ކާމިޔާބީގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން އިއްޔެ ވަނީ އޭނައަށް 350000 ރުފިޔާގެ ފަައިސާގެ އިނާމެއް ދީފައެވެ. އަދި ސާއިދު ހޯދި ކާމިޔާބީގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނަގެ ބޫޓް ކުރިއަށް އޮތް ފަސް އަހަރަށް ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވަނީ ސްޕޮންސާ ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ