ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމަކާއި، ޕާޓީގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ހޯދުމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިލެކްޝަންސް ކޮމިޝަނަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސް މައުމޫން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެން، އެ ކޯޓަށް ހުށައެޅުމެއްޓަކައި އެބޭފުޅާއަކީ ޕީޕީއެމްގެ ރައީސްކަން އަންގައިދޭ ލިޔުމެއް ވީ އެންމެ އަވަހަކަށް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށެވެ.
މީގެ އިތުުރުން 2013 ވަނަ އަހަރުގެ ޖެނުއަރީގައި ބޭއްވުނު ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ، ޔައުމިއްޔާގެ ކޮޕީއެއް ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށް ވެސް، އެ ސިޓީގައި ރައީސް މައުމޫން އެދިވަޑައިގެންފައިވެއެވެ.
ޕީޕީއެމްގެ، ތެރޭގައި މައްސަލަތަކެއް އުފެދި ދެ ފެކްޝަނަކަށް ބެހިފައިވާ މިދަނޑިވަޅުގައި ޕާޓީގެ ހިންގުން، ޕާޓީގެ މުސްތަޝާރު ކަމަށްވާ ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުކުރަން ހައިކޯޓުންނާއި ސުޕްރީމް ކޯޓުން ވެސް ވަނީ އަމުރު ކުރައްވާފައެވެ.
ޕާޓީގެ ރައީސްކަން އަންގައިދޭ ލިޔުމެއް ހޯދުމަށް މައުމޫން އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ